ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)166/166/2014/116
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 21 ސެޕްޓެންބަރު 2014 14:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުއްދަތު

03 މަސް ދުވަސް

އަދަދު / ސެކްޝަން

01 (ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަން)

މުސާރަ

މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް /-270 ރުފިޔާ (ދުވާލަކު 7 ގަޑިއިރު) އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ

- އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މަސައްކަތް

- އެކްސްޕެންޑިޗަރ ސްޓޭޓްމަންޓުތައް ކްރޮސްޗެކުކުރުން.

- ރީޕޭމަންޓް ހަދަންޖެހޭ ދަރިވަރުންގެ ޑޭޓާބޭސް އަޕްޑޭޓްކުރުން.

- ރީޕޭމަންޓް ދައްކަންޖެހި ނުދައްކާ ފަރާތްތަކާއި، ދައްކަން ފެށުމަށްފަހު މެދު ކެނޑި ނުވަތަ ގަވާއިދުން ނުދައްކާ ފަރާތްތަކަށް ރިމައިންޑަރ ފޮނުވުމާއި ރީޝެޑިއުލް ކުރަން ޖެހޭނަމަ ރީ ޝެޑިއުލްކުރުން.

- ބަޖެޓް ސެކްޝަންގެ ލިޔެކިޔުންތައް ފައިލްކޮށް ފައިލިންގ ސިސްޓަމް އަޕްޑޭޓްކޮށް ބެހެލެއްޓުން.

- ބަޖެޓް ސެކްޝަނަށް އަންނަ ސިޓީތަކަށް ޖަވާބު ދިނުން.

- އެކައުންޓް ސްޓޭޓްމަންޓުތައް ތައްޔާރުކުރުން.

- ރީޕެންމަންޓާ ގުޅޭ ހުރިހާ މަސައްކަތެއް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު

- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ޓެސްޓެއް ދިނުން

- މަސައްކަތުގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރު ކުރުމާއި، މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު ވަޒަންކުރުމަށްޓަކައި، އިންޓަވިއު ކުރުން

ހުށަހަޅަންޖެހޭ ތަކެތި

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާރޓްމަންޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ރ- މަސައްކަތުގެ ތަޖުރިބާ އަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ އެކަން ދެނެގަތުމަށް، މަސައްކަތް ކުރައްވާފައިވާ ނުވަތަ ކުރައްވަމުން ގެންދަވާ އިދާރާތަކުން ހޯއްދަވާފައިވާ ލިޔުން. މިފަދަ ލިޔުންތަކުގައި ކުރެއްވި މަސައްކަތް އަދި މުއްދަތު އެނގެން އޮންނަންވާނެއެވެ. މިލިޔުން ތަކުގައި ވަޒީފާ އަދާކުރައްވަން ފެއްޓެވި އަދި ވަކިވި ދުވަސް/މަސް/އަހަރު ވެސް އެނގެން އޮންނަންވާނެއެވެ.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ސުންގަޑި

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 21 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

އިންޓަވިއު

މިކަމަށްއެދި ހުށަހަޅާ ފަރާތްތަކާ ކުރެވޭ އިންޓަވިއު އޮންނާނީ 28-30 ސެޕްޓެންބަރު 2014 ދެމެދުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނެ ނަންބަރަކީ 3341307، 3341303 އެވެ.

13 ޛުލްޤަޢިދާ 1435

08 ސެޕްޓެންބަރު 2014