ވަޒީފާގެ ފުރުޞަތު
ނަންބަރު: GS74/2014/11
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 17 ސެޕްޓެންބަރު 2014 15:00
ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
އެސިސްޓަންޓް ލައިބްރޭރިއަން/ ޖީ އެސް 3

1.މަޤާމުގެ ނަމާއި ރޭންކާއި ކްލެސިފިކޭޝަން

އެސިސްޓަންޓް ލައިބްރޭރިއަން/ ޖީ.އެސް 3

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

01 (އެކެއް)

ވަޒީފާގެ ގިންތި:

ދާއިމީ

މުސާރައާއި އިނާޔަތްތައް:

މުސާރަ: -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.

މަޤާމު އޮތް އޮފީސް:

ހާފިޡް އަހުމަދު ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިދާރީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހާފިޡް އަހުމަދު ސްކޫލް/ފުވައްމުލައް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • ލައިބްރޭރިއަންގެ ހައިސިއްޔަތުން ލައިބްރަރީ ގަޑިތައް ނެގުން.
  • ލައިބްރަރީ ސްޓޮކް ބެލެހެއްޓުން
  • ލައިބްރަރީ މެމްބަރޝިޕް ބެލެހެއްޓުމާއި ފޮތްދޫކުރުމާއި ފޮތްބަލައިގަނެ ސިސްޓަމުން އަޕްޑޭޓް ކުރުން.
  • ލައިބްރަރީއަށް ގަންނަ ފޮތާއި ތަންތަނުން ހަދިޔާކުރާ ފޮތްތައް ބަލައިގަނެ ފޮތުގެ ހާލަތު ދަނެގަނެ ފޮތްތައް އިންވެންޓްރީއަށް އެރުވުން
  • ސްކޫލް ބަޖެޓާ ގުޅިގެން ލައިބްރަރީއަށް ބޭނުންވާނެ ފޮތްގަތުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއަށް

3. ލިބިފައިވާ ހުނަރު

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން ބާއްވާނެ މުއްދަތާއި އޮންނާނެ ތަން:

އިންޓަވިއު އޮންނާނީ 2014 ސެޕްޓެންބަރު 18 އާއި 23 އާ ދެމެދު ދުވަހެއްގައި ހާފިޡް އަހުމަދު ސްކޫލުގައި.

  • ވަޒީފާއަށް އެދިފައިވާ އަދަދު 10 އަށްވުރެ ގިނަވާނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއިން ކަނޑައަޅާ ކުރައިޓީރިއާއެއްގެ ދަށުން ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރުމުން ހޮވޭ ފަރާތްތަކާއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމުން، 17 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން.

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް

މި ސްކޫލުގެ ނަންބަރު 6861989 ފޯނާ ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުން

6. ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ މިހާރު ސަރުކާރުގެ ދާއިމީ ވަޒީފާއެއްގައި އުޅުއްވާ ފަރާތެއްނަމަ މިހާރު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާނެކަމުގެ ލިޔުން.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވިޓާ) 

           ވަޒީފާއަށް އެދޭ ފޯމު މި ސްކޫލު އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                             13 ޛުލްޤަޢިދާ 1435

08 ސެޕްޓެންބަރު 2014