ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-PRM/320/2022/45
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 12 ސެޕްޓެންބަރު 2022 00:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގޭގައި ނަންބޯޑު ހަރުކުރުމާއި ގުޅޭ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑްް އިންފްރާސްޓަރަކްޗަރ އިން ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މިއަހަރުގެ މަސައްކަތް 2022 ސެޕްޓެމްބަރ 17 ވަނަ ދުވަހު ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޯހިމެނުމުގެ މަސައްކަތް ފެށުމުގެ ގޮތުން މުޅިރާއްޖޭގައިވާ ހުރިހާ ތަންތަނާއި ގޭގޭގެ ލިސްޓެއް 13 އަދި 14 ސެޕްޓެމްބަރުގައި ނެގުމަށްޓަކައި ނަންބޯޑު ހަރުކުރެވިފައި ބެހެއްޓުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.

            ވީމާ، މިނިސްޓްރީގެ މަސައްކަތަށް އެއްބާރުލުން ދެއްވުމަށްޓަކައި 2022 ސެޕްޓެމްބަރު 12 ގެ ކުރިން މިރަށުގައި ރަޖިސްޓްރީ ކުރެވިފައިވާ ހުރިހާ ތަންތަނާއި ގޭގޭގައި ނަންބޯޑު ހަރުކޮށްފައި ބެހެއްޓުމަށް ދަންނަވަމެވެ.

28 އޭޕްރިލް 2022