މަޤާމު:
|
އެގްޒާމް އިންވިޖިލޭޓަރ
|
ބޭނުންވާ އަދަދު:
|
8
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައުޓްރީޗް ސެންޓަރުތައް:
- އއ.މަތިވެރި
- ކ.ގާފަރު
- ޅ.ހިންނަވަރު
- ރ.އުނގޫފާރު
|
އުޖޫރަ ދެވޭނެގޮތް:
|
މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)
|
މަޤާމުގެ ޝަރުތު:
|
- ދިވެހި ރައްޔިތަކަށްވުން.
- ޢުމުރުން 18 އަހަރު ފުރިފައިވުން.
- އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
- މިޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެއްކަމުގައި ނުވުން.
- އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.
އިންވިޖިލޭޓަރުން ހޮވުމުގައި ބެލެވޭނެ އިތުރު ކަންތައްތައް:
- މަސައްކަތަށް ވަގުތު ދެވޭނެ މިންވަރު.
- އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާ.
- ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދުގެ ލެވަލް.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އިމްތިހާނު ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާ ގޮތެއްގެ މަތިން ކުރުން.
|
އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:
|
މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށެވެ.
އޮންލައިން އެޕްލިކޭޝަން ލިންކް:
https://forms.gle/Buw5YxEhXzAi588QA
|
އެޕްލިކޭޝަންގެ ސުންގަޑި:
|
15 މެއި 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން.
|
ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް:
|
އެޕްލިކޭޝަން ފޯމާއެކު އިތުރު ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް އިންވިޖިލޭޓަރުކަމަށް ހޮވޭ ފަރާތްތަކުން ތިރީގައިވާ ތަކެތި ހުށަހަޅަން ޖެހޭނެއެވެ.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ، އެޓެސްޓް ކުރެވިފައި.
|
އިތުރު މަޢުލޫމާތު:
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އަށެވެ.
|