ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)153-EXAM/1/2022/2
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 15 މޭ 2022 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ

މަޤާމް :އެގްޒާމް އިންވިޖިލޭޓަރ
ބޭނުންވާ އަދަދު :60

އެގްޒާމް އިންވިޖިލޭޓަރ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2022 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2023 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިމްތިހާނުތަކަށް އިންވިޖިލޭޓަރުން ހޯދަން ބޭނުންވެއެވެ.

 

މަޤާމު:

އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު:

60

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުތު:

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • މިޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެއްކަމުގައި ނުވުން.
  • އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.

އިންވިޖިލޭޓަރުން ހޮވުމުގައި ބެލެވޭނެ އިތުރު ކަންތައްތައް:

  • މަސައްކަތަށް ވަގުތު ދެވޭނެ މިންވަރު.
  • އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާ.
  • ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދުގެ ލެވަލް.

މަޤާމުގެ މަސްއޫލިއްޔަތު:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އިމްތިހާނު ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާ ގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށެވެ.

އޮންލައިން އެޕްލިކޭޝަން ލިންކް:

https://forms.gle/DhiytFi8yjmmjTLm7

އެޕްލިކޭޝަންގެ ސުންގަޑި:

15 މެއި 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން.

ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް:

އެޕްލިކޭޝަން ފޯމާއެކު އިތުރު ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް އިންވިޖިލޭޓަރުކަމަށް ހޮވޭ ފަރާތްތަކުން ތިރީގައިވާ ތަކެތި ހުށަހަޅަން ޖެހޭނެއެވެ.

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ، އެޓެސްޓް ކުރެވިފައި.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އަށެވެ.

 

28 އޭޕްރިލް 2022