ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)460-AF/460/2022/3
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 12 މޭ 2022 13:30
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ޕްރޮގްރާމް އޮފިސަރ
ބޭނުންވާ އަދަދު :1

މަގާމުގެ ރޭންކް:

ޖީ.އެސް.2

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ސެކްޝަން / ޔުނިޓު

  ޓްރެއިނިންގ އެންޑް އެވެއަރނަސް ޔުނިޓް / ޕްރޮގްރާމްސް އެންޑް ޑިވެލޮޕްމަންޓް

ފެންވަރު ނުވަތަ ޝަރުޠު:

  1. ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުގައި "އިނގިރޭސި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، އަދި،
  2. ކޮމްޕިޔުޓިންގއަށް ޚާއްޞަކޮށް މައިކްރޯސޮފްޓް ޕަވަރޕޮއިންޓަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
  3. ވާރކްޝޮޕްތަކާއި ޓްރޭނިންގތައް ރާވައި ހިންގުމުގެ ހުނަރު ލިބިފައިވާ ފަރާތެއް ކަމުގައިވުން
  4. މުޢާމަލާތު ކުރުމުގެ ހުނަރު ހުރި ފަރާތެއް ކަމުގައިވުން

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހުން ބާއްވާ ޓްރޭނިންގތަކާއި ވާރކްޝޮޕްތަކާއި ކޮންފަރެންސްތައް ރާވައި ވިލަރެސްކޮށް އަދި ހިންގުމުގެ އިންތިޒާމު ހަމަޖެއްސުން.
  2. މަސައްކަތާ ގުޅުންހުރި ދާއިރާއިން އަންނަ ފޯނުކޯލުތަކާއި އީމެއިލަށް ޖަވާބުދާރީވުން.
  3. މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތްތައް ކުރުން.
  4. ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތަކުގައި އެހީތެރިވުން.
  5. އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އުޖޫރަ އާއި އިނާޔަތްތައް:

 -  އަސާސީ މުސާރަ (މަހަކު): 7,000.00 ރުފިޔާ.

 -  ސަރވިސް އެލަވަންސް (މަހަކު): 3,000.00 ރުފިޔާ

 -  އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

މި މަގާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

 - ކޮމްޕިޔުޓިންގއަށް ޚާއްޞަކޮށް މައިކްރޯސޮފްޓް ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ހެދުމަށް އަހުލުވެރިވެފައިވާ މިންވަރު.

 - މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

 - ވަޒީފާގެ ދާއިރާގައި ހާސިލުކޮށްފައިވާ ނަތީޖާތައް

 - ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

 - މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

 - ދަތުރު ފަތުރު ކުރެވޭނެ މީހަކު ކަމުގައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

-        ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

-          މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހައިފައި)

-     ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން

-     އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވާ އޮފީސް ނުވަތަ ކުންފުނީގެ ރިފަރެންސް ސިޓީ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

12 މެއި 2022 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.

ފޯމުތައް އީމެއިލް މެދުވެރިކޮށް ފޮނުވާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ  އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.

ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައިޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

 

ޕްރޮގްރާމް އޮފިސަރެއް ހޯދުމަށް (03 އެޕްރީލް 2022 ގައި) ކުރެވުނު އިއުލާނު ނަންބަރު: (IUL)460-AF/460/2022/2 އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

28 އޭޕްރިލް 2022