ދިވެހިރާއްޖެ
އިޢުލާން
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތް ކޮށްފައިވާ 264 ފްލެޓުގެ ތެރެއިން A,B,C ކެޓަގަރީގެ ބާކީހުރި 28 ފްލެޓް ލިބޭފަރާތްތަކުގެ ލިސްޓް ޢާންމުކުރުން |
މިއިދާރާގެ ނަންބަރު: (IUL)426-AB/426/2022/177 އިޢުލާނާއިއެކު އާންމުކުރެވިފައިވާ ލިސްޓްގައި ހިމެނޭ ގުރުއަތުން ފްލެޓް ލިބޭ ފަރާތް ކަނޑައަޅަންޖެހޭ މީހުންގެ މެދުގައި ގުރުއަތުލުން 26 އެޕްރީލް 2022 ދުވަހު ބޭއްވުމަށްފަހު ގުރުއަތުން ހޮވުނު ފަރާތްތައް ހިމެނޭ ގޮތުން ފްލެޓް ލިބޭފަރާތްތަކުގެ ލިސްޓް މިއިޢުލާނާއިއެކު އާންމުކުރީމެވެ.
މިލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓާއި މިއިދާރާގެ ވެބްސައިޓް www.adducity.gov.mvގައި ޝާއިޢުކުރެވި، އަވަށުއޮފީސްތަކާއި މިއިދާރާގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައިހުންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
25 ރަމަޟާން 1443
26 އެޕްރީލް 2022