ޢާންމު މަޢުލޫމާތު
ނަންބަރު: 60-CS/2022/203
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 15 މޭ 2022 23:59
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ޝާއިޢުކުރުމާބެހޭ

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސް އަދި ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދުގެ ދަށުން، ލިސްޓެޑް ކުންފުނިތަކުން މި އަހަރުގެ އަަހަރީ ރިޕޯޓް އާންމުކުރަންޖެހޭ އެންމެ ފަހު ތާރީޚަކީ 30 އޭޕްރިލް 2022 ގައެވެ.  ނަމަވެސް އެސްޓީއޯ ގްރޫޕްގެ  ބައެއް ކުންފުނިތަކުގެ 2021 ވަނަ އަހަރުގެ އޮޑިޓް ނިންމުމުގައި ލަސްތަކެއް ދިމާވުމާއެކު، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ހުއްދައާއެކު، މި ރިޕޯޓް އާންމުކުރާ މުއްދަތު 15 މެއި 2022 އާއި ހަމައަށް އިތުރުކުރެވިފައިވާކަން ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

 

26 ރަމަޟާން 1443

27 އޭޕްރިލް 2022