ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2022/134
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 05 މޭ 2022 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭގެ ހުޅަނގު ފަރާތު (ޓީ-ޖެޓީ ސަރަހައްދު އިމުންބޭރު) ގައި ހަދާފައިވާ ގުދަންތައް ހުސްކުރުމާއި ގުޅޭ.

 މާލޭގެ ހުޅަނގު ފަރާތު (ޓީ-ޖެޓީ ސަރަހައްދު އިމުންބޭރު) ގައި ހަދާފައިވާ ގުދަންތަކާއި އެކިއެކި ކަންކަމަށް ބޭނުން ކުރަމުންދާ ބިންތައް ބޭނުންކުރުމާއި މެދު މާލޭ ސިޓީ ކައުންސިލާއި ދެމެދު ނުވަތަ ސަރުކާރުގެ އެހެން މުއައްސަސާއަކާ ދެމެދު އެއްވެސް އެއްބަސްވުމެއް ހަދާފައިވާނަމަ، މިއަދު (27 އޭޕްރީލް 2022)ން ފެށިގެން 15 ދުވަސް ތެރޭގައި އެފަދަ އެއްބަސްވުންތައް މާލޭ ސިޓީ ކައުންސިލާއި ހިއްސާކޮށް ދެއްވުމަށް އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

 މަތީގައި ދަންނަވާފައިވާ މުއްދަތުގެ ތެރޭގައި ލިޔެކިޔުންތައް ނުވަތަ ހަދާފައިވާ އެއްބަސްވުންތައް ކައުންސިލާއި ހިއްސާކޮށްފައިނުވާނަމަ މާލޭގެ ހުޅަނގު ބަނދަރު ޓީ-ޖެޓީ ސަރަހައްދު އިމުން ބޭރު ގައި ދެކުނުން ހަދާފައިވާ ގުދަންތަކާއި ބިން ބޭނުން ކުރަމުންދަނީ ޤަވާއިދާއި ހިލާފަށް އެއްވެސް އެއްބަސްވުމެއް ނެތި ކަމަށް ބަލައި އެފަދަތަންތަނުގައި ހުރި މުދާތަކާއި ތަކެތި އެއީ ވެރިފަރާތެއްނުވާ ތަކެތި ކަމަށް ބަލައި އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރާނެ ކަމަށާއި، މި މަސައްކަތް ކުރާއިރު އެފަދަ ގުދަންތަކާއި ހުސްކޮށްއޮތް ބިމުގައި ބަހައްޓާފައިވާ ތަކެތި ކައުންސިލުގެ ބެލުމުގެ ދަށަށް ގެންނަ ގެނައުމުގައި އެފަދަ ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ މި ކައުންސިލުން ނުނަގާނެ ވާހަކަ ވެސް ދެންނެވީމެވެ.

27 އޭޕްރިލް 2022