މަސައްކަތް
ނަންބަރު: (IUL)30-C/30/2022/158
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:32
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތިރީގައިވާ އޮފީސްތަކުގެ ސެކިއުރިޓީ އެއްއަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)30-C/30/2022/138 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާނުގެ ދަށުން ލިބިފައިވާ އަންދާސީ ހިސާބުތައް ބާޠިލްކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

  • ފެޑް ސެންޓަރ / ހުޅުމާލެ
  • މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް / މާލެ
  • ފިޝަރީޒް ޓްރެއިނިންގް ސެންޓަރ / ވިލިމާލެ

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 15 މޭ 2022 ވާ އާދިއްތަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339251 އަދި 3339282 ނަންބަރު ފޯނަށެވެ.

27 އޭޕްރިލް 2022