ތަމްރީނު
ނަންބަރު: MNU-CA/RG/2014/511
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:26
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބެޗްލަރ އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް

އިޢުލާނު

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފައްޓާނީ         21 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ  ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

1- ކޯހުގެ ނަން: ބެޗްލަރ އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް

މުއްދަތު:3 އަހަރު (6 ސެމެސްޓަރ)

ޖާގަ: 25

ކޯސްހިންގާ ކެމްޕަސް: ކ. މާލެ

 ކޯހަށްވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

   ހ. ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ދެ މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/ އެސް.އެސް.ސީ އިމްތިޙާނުތަކުން ދިވެއްސާއެކު 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

   ށ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

   ނ. ޕޮލިޓިކަލް ސައިންސް ކޯހަށް އަމާޒުކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

   ރ. އުމުރުން 20 އަހަރު ފުރިފައިވުމާއެކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން ނުވަތަ އެ ފެންވަރު ހުރުން އަދި ގުޅުންހުރި ދާއިރާއަކުން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓު: ކޯހަށް ކުރިމަތިލާ ފަރާތްތަކުން ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން އިނގިރޭސިބަހުން ފާސްވެފައިވާންވާނެއެވެ. ނުވަތަ އެފެންވަރުގެ ފާހެއް އޮންނަންވާނެއެވެ. ނޫނީ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ އިމްތިޙާނުން ފާސްވާންޖެހޭނެއެވެ.

16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014