ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)412/412/2022/12
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 09:53
ސުންގަޑި: 08 މޭ 2022 00:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައި.ޓީ ސާމާނު ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

  1.  މިއިދާރާއަށް ބޭނުންވާ އައި.ޓީ ސާމާން ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރެވޭނީ 2022 އެޕްރީލް 27 އިން 2022 މެއި 08 ގެ ނިޔަލަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިގެންނެވެ. އަދި ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2022 މެއި 09 ވަނަ ދުވަހުގެ 10:00ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް  މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. މިއިޢުލާނާއި ގުޅިގެން ބޭއްވޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 2022 މެއި 09 ވަނަ ދުވަހުގެ 12:30 ގައި ކޮނޑޭ ކައުންސިލް އިދާރާގައެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  2022 މެއި 17 ވަނަ ދުވަހުގެ 12:30 ގައި ކޮނޑޭ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ.
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ  / ގއ.ކޮނޑޭ، ދިވެހިރާއްޖެ.
  • ފޯން: 6820019/9662499
  • އީމެއިލް: [email protected]

 

27 އޭޕްރިލް 2022