ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)298/298/2022/20
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި:
12 މޭ 2022 11:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުނިމެނޭޖްކުރުމަށް ޕިކަޕެއް ހޯދުން
އިޢުލާން
ކުނިމެނޭޖްކުރުމަށް ޕިކަޕެއް ހޯދުން
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަރމަންޓް، ކްލައިމެޓް ޗޭންޖް އެނޑް ޓެކްނޮލަޖީގެ އިން ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަރމަންޓް ޕްރޮޖެކްޓާ ގުޅިގެން މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ ކުނިމެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ފޯރުކޮށްދެއްވާ އެހީގެދަށުން މިކައުންސިލަށް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ ޕިކަޕް ސަޕްލައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކައުންސިލުން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާއެކު އާންމުކުރެވިފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަށް ފުރިހަމަކޮށް ހުށަހަޅަން ވާނެއެވެ. ބީލަންފޮތް މި އިއުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި މިކައުންސިލާއި ގުޅުއްވުމުން ބޭނުންވާ ފަރާތްތަކަށް އީމެއިލް ޒަރިއްޔާއިން ފޮނުވޭނެއެވެ. އަދި ބީލަންފޮތް މި އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. މި އިއުލާނާއި ގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ސެކިއުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.
ބިޑް ރަޖިސްޓްރީ ކުރުން
ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 އޭޕްރިލް 26ން ފެށިގެން 2022 މެއި 12 ވަނަ ދުވަހުގެ 10:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރުމަށް https://forms.office.com/r/HHG62Vy7ga މިލިންކްގައިވާ ފޯމް ފުރިހަމަކުރަންވާނެއެވެ.
ޕްރީ ބިޑް ބައްދަލުވުން
ޕްރީ ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2022 މެއި 8 ވާ އާދިއްތަ ދުވަހު 11:00ގައި ކައުންސިލް އިދާރާ މީޓިން ރޫމްގައެވެ. ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރި ނުވިކަމުގައިވިޔަސް ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ކޮށްފައި ނުވާނަމަ ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަވަމެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތަށް ހުންނަންވާނީ ސިޓީ އުރައިގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރު ގައި މި ދަންނަވާ މަޢުލޫމާތު ހިމަނާން ޖެހޭނެއެވެ.
(ހ) މަސައްކަތުގެ ނަން،
(ށ) އިޢުލާނު ނަންބަރު،
(ނ) ބީލަން ހުށަހަޅާ ފަރާތުގެ ނަން.
ބީލަމުގެ މުއްދަތެއްގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 މެއި 12 ވާ ބުރާސްފަތި ދުވަހު 11:00ގައި މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާގެ މީޓިން ރޫމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބީލަމެއް ބަލައެއްނުގަނެވޭނެއެވެ. ބީލަން ހުށަހަޅަން ވެރިފަރާތްނޫން އެހެންފަރާތަކުން ހާޒިރުވާނަމަ އިއުތިރާޒެއްނެތް ކަމުގެ ލިއުން ހުށަހަޅަން ވާނެއެވެ. އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ އީމެއިލްއަށް [email protected] ނުވަތަ ފޯން ނަމްބަރަށް 6580021 ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށްއަންގާ އިޢުލާނު ކުރީމެވެ.
26 އޭޕްރިލް 2022