ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)164/1/2014/112
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 22 ސެޕްޓެންބަރު 2014 15:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރު (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

-/7,500 ރުފިޔާ

ފެންވަރު/ޝަރުޠު

  1. ޖީ.ސީ.އީ އޯލެވެލް ގެ 3 (ތިން) މައްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

މައިގަނޑު މަސައްކަތްތައް

އޮފީހުގެ މުވައްޒަފުންގެ މަޢުލޫމާތު ބެލެހެއްޓުމާއި، މުވައްޒަފުން ހޯދުމާއި އަދި މުވައްޒަފުން ބޭނުންވާ ތަމްރީނުތައް ދެނެގަނެ ތަމްރީނުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރުމާއި އަދި މިނޫންވެސް މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

 

ހުށަހަޅަންޖެހޭ ތާރީޚު: މި މަސަތްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 22 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމެއިލަށް ([email protected]) ފޮނުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)

އީމެއިލް އެޑްރެސް: [email protected]

ވެބްސައިޓް: www.ncit.gov.mv

‏27 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014