ދިވެހިރާއްޖެ
މިރަށުގެ މަގުތަކާއި އިޖްތިމާޢި ސަރަހައްދު ތަކުގައި ޖަހާފައިވާ ބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަމްބަރ: (IUL)280/INDIV/2022/19 އާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޚުކޮށްފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތަށް ބޭނުންވާ ތަކެތި ދިނުމުން، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށްދުރުވެ، މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ހުށަހެޅުއްވުންއެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުންއެދެމެވެ.
- މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާނީ 2022 މޭ 8 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ޅައިމަގު ކައުންސިލްގެ އިދާރާއަށެވެ.
- އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 2022 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޅައިމަގު ކައުންސިލްގެ އިދާރާއަށެވެ.
މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކާ ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހެޅުން:
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރާއި ބިޑްކުރެވޭ މަސައްކަތް ލިޔެ، އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.