ދިވެހިރާއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.
ބޭނުންވާ މަޤާމު: |
އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް |
ބޭނުންވާ އަދަދު: |
02 (ދޭއް) |
މަސައްކަތުގެ މުއްދަތު: |
01 އަހަރު (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ) |
މަސައްކަތުގެ ވަގުތު: |
ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 މެންދުރުފަހު 03:00 |
އުޖޫރަ: |
މަހަކު -/7,500 ރުފިޔާ |
ފެންވަރު/ޝަރުޠު |
ޖީ.ސީ.އީ އޯލެވެލް ގެ 3 (ތިން) މައްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ވުން |
މައިގަނޑު މަސައްކަތްތައް: |
ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އަށް އަންނަ އަދި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އިން ފޮނުވާ ލިޔެކިއުންތައް ކޮމްޕިއުޓަރ ސިސްޓަމުންނާއި މެނުއަލްކޮށް ބެލެއްޓުމާއި، ސިޓީތަކަށް ޖަވާބުދިނުމާއި، އޮފީހަށް ގަންނަ ތަކެތި މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ސްޓޮކަށް ވެއްދުމާއި، ސްޓޮކް މެނޭޖްކުރުމުގެ އިތުރުން އޮފީހުގެ އިދާރީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުން. |
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
|
|
ހުށަހަޅަންޖެހޭ ތާރީޚު: މި މަސައްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 22 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 1500 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4000 334 (960) މި ނަންބަރަށެވެ.
އޮފީހުގެ މަޢުލޫމާތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 4000 334 (960) ،ފެކްސް ނަންބަރު: 4004 334 (960)
އީމެއިލް އެޑްރެސް: [email protected]
ވެބްސައިޓް: www.ncit.gov.mv
27 ޛުލްޤަޢިދާ 1435