ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383/383/2022/43
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:08
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލު-ވިލާ ޢީދުފޯރި 1443 ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލުން

ފިތުރު ޢީދުގެ އުފާ ރަށުފެންވަރުގައި ފާޙަގަކުރުމުގެ ގޮތުން ކައުންސިލާއި، މުއައްސަސާތައް އަދި ރަށުގެ ޖަމުޢިއްޔާތައް ގުޅިގެން ހިންގުމަށް ރޭވިފައިވާ "ވިލު-ވިލާ ޢީދު ފޯރި 1443" ގެ ކުޅިވަރު މުބާރާތްތައް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

              ވީމާ، ތިރީގައިވާ ކުޅިވަރު މުބާރާތްތައް ސްޕޮންސަރ ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6780701 ނުވަތަ 7977727 ( އިބްރާޙިމް ޝާފިއު / ކައުންސިލް މެމްބަރ) ގުޅުއްވުން އެދެމެވެ.

" ވިލު-ވިލާ ޢީދު ފޯރި 1443" ގެ ކުޅިވަރު މުބާރާތްތައް:

  1. ރެލީ
  2. ވާދެމުން (އަންހެން)
  3. ވާދެމުން (ފިރިހެން)
  4. މަސްރޭސް
26 އޭޕްރިލް 2022