ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އަސްކަރީ ތަމްރީނުތަކެއް 2022 މެއި 03 އިން 06 އަށް މި އިން ކޮންމެ ދުވަހެއްގެ 18:00 އިން 06:00 އަށް ލ.ގަން، މުކުރިމަގު (ޕަރީފެންގަނޑު/ ހަތްތެލި /ސިނާއި ސަރަހައްދު) އަދި ލ.ބަރެސްދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މި މިނިސްޓްރީއަށް އަންގަވާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް
1- 1.ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : މިނީ ފްލޭއަރ، ޕެރަޝޫޓް ފްލޭއަރ
2- 2.ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 200 މީޓަރު
3- 3.ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރު
4- 4.ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ލ.ގަން،މުގުރިމަގު(ޕަރީފެންގަޑު/ހަތްތެލި/ސިނާއި
ސަރަހައްދު ) އަދި ލ.ބަރެސްދޫ އާއި ދިމާ މަތި
ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތައް މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.