ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2014/357
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:57
ސުންގަޑި: 15 ސެޕްޓެންބަރު 2014 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސޭލްސް ރެޕްރެޒެންޓޭޓިވް ގރ 3

މިކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެ އެވެ.

މަޤާމު: ސޭލްސް ރެޕްރެޒެންޓޭޓިވް ގރ 3

އަދަދު: 01

އަސާސީ މުސާރަ: -/4730ރ. އާއި -/5100ރ. އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައި ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ސުޕަމާރޓް

 

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1750ރ އާއި -/2500ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސް ގައި ބައިވެރި ކުރެވޭނެ.

* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.

* މަތީ ތަޢުލީމް ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން  

 

މަޤާމުގެ މަސްއޫލިއްޔަތު:

* އެސްޓީއޯގެ ބުރޭންޑުތައް މާކެޓްކުރުމާއި ޑިވެލޮޕްކުރުން

* އެސްޓީއޯގެ ބްރޭންޑުތައް ޕްރޮމޯޓް ކުރުމަށް އަތޮޅުތެރޭ ފިހާރަތަކަށް ޒިޔާރަތްކުރުން.

* ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއެއްގައި އެސްޓީއޯ ބްރޭންޑް ތަކުގެ ސޭލްސް މޮނިޓަރކޮށް ލޮގްކުރުން.

* ފިހާރަތަކަށް ޒިޔާރަތްކޮށް އެސްޓީއޯގެ ބްރޭންޑްތައް ޕްރޮމޯޓްކުރުން.

 

ތަޢުލީމީ ތަޖުރިބާ:

* ޖީ.ސީ.އީ އޭލެވެލް 3 މާއްދާއިން އިނގިރޭސި ހިމެނޭގޮތަށް ފާސްވެފައިވުން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން.

* މަސައްކަތާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޢާންމުކޮށް ދަތުރުކުރެވޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

 

http://www.stomaldives.com/downloads/ އެސްޓީއޯ ވެބްސައިޓް:

 

ނޯޓް:

އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ/ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344368 ފެކްސް: 3344041  ވެބްސައިޓް: www.stomaldives.com

04 ސެޕްޓެންބަރު 2014