ވަޒީފާގެ ފުރުޞަތު
ނަންބަރު: H4C-A/2022/7
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 09:53
ސުންގަޑި: 17 މޭ 2022 13:30
މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހައުސްކީޕަރ

ވަޒީފާގެ ފުރުޞަތު

އިޢުލާން ނަންބަރު: H4C-A/2022/7

ތާރީޚް: 26 އޭޕްރީލް 2022

މަޤާމު

ހައުސްކީޕަރ

ރޭންކް: އެސް.އެސް 1

ޢަދަދު

01 (އެކެއް)

ސެކްޝަން: އިދާރީ ސެކްޝަން

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/3100 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: -/620  ރުފިޔާ (މުސާރައިގެ %20)

- ސަރވިސް އެލަވަންސް: -/1000 ރުފިޔާ

- ލިވިންގ އެލަވަންސް: -/2550 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

2.މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރުން

ނޯޓް: (ލިޔަންކިޔަން އެނގޭކަމަށް ބަލާނީ ގްރޭޑް 05 ނިންމި ކަމުގެ ލިޔުން ނުވަތަ ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމެއް ހުށަހެޅުމުން ނުވަތަ ލިޔަންކިޔަން އެނގޭތޯ ބެލުމަށް ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން ޓެސްޓް ކުރެވިގެން)

އެހެނިހެން ޝަރުޠު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

ނޯޓު: ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ މާއްދާ؛

(ހ) 6. ވަޒިފާއަދާކުރަންޖެހޭ ކޯޓުގެ މެޖިސްޓްރޭޓުން ނުވަތަ ކޯޓުގެ ނުވަތަ އިދާރާގެ އިސްވެރިޔާއާ ނުވަތަ އިސްވެރިންނާ، ވަޒީފާއަށް ހޮވޭމީހާއާ ނަސަބުގެ ގޮތުން ނުވަތަ މުޞާހަރާގެ ގޮތުން (މަންމައާ، ބައްޕައާ، ކާފައާ، މާމައާ، ދަރިއަކާ، އަންބަކާ، ފިރިއަކާ، ބޮޑުބޭބެއަކާ، ބޮޑުދައިތައަކާ، ޅިޔަންފަހަރިންނާ، ބަފާބެއާ، މައިދައިތައާ، އެއްބަނޑު އެއްބަފާ މީހަކާ، އެއްބަނޑު މީހަކާ، ނުވަތަ އެއްބަފާ މީހަކާ ނުވަތަ މިއިން މީހެއްގެ ދަރިއަކާ) ގުޅުން ހުރި މީހަކަށް ނުވުން.

(ހ) 7. ވަޒީފާއަށް ހޮވޭ މީހަކީ، ވަޒީފާ އަދާކުރަންޖެހޭ ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފެއްގެ މަންމައަށް، ބައްޕައަށް، ދަރިއަކަށް، އަންބަކަށް، ފިރިއަކަށް، އެއްބަނޑު އެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް ނުވަތަ އެއްބަފާ މީހަކަށް ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 07:45 އަށް ކޯޓަށް ޙާޟިރުވެ ކޯޓުތެރެ ރަނގަޅަށް ކުނިކަހައި ފޮޅާ ސާފުކޮށް، މޮޕްލައި، ފެންފޮތިލުމުގެ މަސައްކަތްތައް.
  2. ކޯޓު ޢިމާރާތުގައިވާ ފަރުނީޗަރުތަކާއި ފެންލައިޓްތަކާއި ދޮރުތަކާއި ކައުންޓަރާއި ސީލިންގްއާއި ދޮރުފަތްތަކާއި ފަންކާއާއި އެއަރކޮންޑިޝަން ފަދަ ތަކެތި ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.
  3. ކޯޓުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރަސްމީ ލިޔެކިޔުންތައް ކޯޓުން ހަމަޖައްސަވާ ގޮތެއްގެމަތިން އެފަރާތްތަކަށް ރައްދުކުރުން.
  4. ކޯޓު ގޯތިތެރެއާއި ކޯޓު ސަރަޙައްދު ހިމެނޭ މަގުމަތި ވިނަ ނޮޅާ ސާފުކުރުމާއި، ކޮންމެ ދުވަހަކު ކުނިކެހުމާއެކު ހަފްތާއަކު އެއްފަހަރު ކުނިއުކާލުން. އަދި ކޯޓުން އަންގާގޮތެއްގެ މަތިން ކޯޓު ގޯތިތެރޭގައިވާ ގަސްތައްކޮށާ ކުނިއުކާލުން.
  5. ކޯޓުގެ ގޯތިތެރޭގައި ހައްދާފައި ހުންނަ ގަސްތައް ކޮށައި ސާފުކޮށް ބެލެހެއްޓުމާއި، ގަސްތަކަށް ފެންދީ ހެދުން.
  6. ޢިމާރާތާއި ގުދަނުގެ ދިޔަދޮވި، މަދުވެގެން މަހަކު 01 ފަހަރު ސާފުކުރުން.
  7. ކޯޓުގެ ފާޚާނާތައް މަދުވެގެން 03 ދުވަހުން އެއްދުވަހު ރަނގަޅަށް ދޮވެ ސާފުކުރުން.
  8. ކޯޓުގެ އެކޮމޮޑޭޝަން ރޫމާއި ފާޚާނާ މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުމާއި، އެބައިގައި ބޭނުންކުރާ ބެޑްޝީޓާއ ބާލީހުއުރަ ފަދަ ތަކެތި ހަފްތާއަކު އެއްފަހަރު ދޮވެއިސްތިރިކުރުން.
  9. 06 މަހުން 01 މަހު ކޯޓު ގޯތިތެރޭގައިވާ ފެންވަޅު ކޯޓުން އަންގާ ގޮތެއްގެ މަތިން ދިޔަހިއްކާ ސާފުކުރުން.
  10. ކޯޓަށް ގަންނަންޖެހޭ ތަކެތި ގަނެދިނުމުގެ މަސައްކަތް ކުރުން.
  11. ކޯޓުގައި އުފެދޭ ކުނީގެ ތެރެއިން އުކާލަންޖެހޭ ތަކެތި އުކާލުމާއި، އަންދަންޖެހޭ ތަކެތި ކޯޓުން އަންގާ ގޮތެއްގެ މަތިން ރައްކާތެރިކަމާއެކު އެންދުން.
  12. ކޯޓުގެ ސައިކޮޓަރީގެ ތަށިތަކާއި ސައިކޮޓަރި ސާފުކޮށް ބެލެހެއްޓުން.
  13. އަދި މީގެ އިތުރުންވެސް ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ އެންމެހާ މަސައްކަތްތައް ޤަވާޢިދުން ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ލިޔަންކިޔަން ދަންނަކަން އަންގައިދޭ ލިޔުން.

5- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ.

ސުންގަޑި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2022 މެއި 17 ވަނަ ދުވަހުގެ 13:30 ގެ ކުރިން ކ.ތުލުސްދޫ މެޖިސްޓުރޭޓް ކޯޓަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ހައުސްކީޕަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައިގެންނެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.
  • ކޮންމެ ވަގުތެއްގައި މަސައްކަތަށް ނިކުންނަން ޖެހުނު ކަމުގައިވިނަމަވެސް ވަޒީފާއަށް ނުކުމެވޭނެ ފަރާތަކަށްވުން.
  • އެހެން އިދާރާއެއްގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތެއް ނަމަ އެފަރާތުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތުގެ އަޚްލާޤަށް ރިޢާޔަތްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6640342
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

 

26 އޭޕްރިލް 2022