ދިވެހިރާއްޖެ
ކ.ތިލަފުށީގައި، މި ކުންފުނީގެ ލޯޑިންގް އަދި އަންލޯޑިންގް ޖެޓީ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް 12 އޭޕްރީލް 2022 ގައި ކުރެވުނު އިއުލާން ( އިއުލާން ނަންބަރު: MGPL-I/PD/2022/11) އިއުލާން ބާތިލްކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
28 އޭޕްރީލް 2022 ވާ ދުވަހުގެ 10:00 އަށް (މަޢުލޫމާތު ސާފުކުރުން ބާއްވަން ހަމަޖެހިފައިވަނީ، (އެސް.ޓީ.އޯ ޓްރޭޑްސެންޓާރ 02 ވަނަ ފަންގިފިލާ) |
އަންދާސީ ހިސާބު ހުށަހެޅުމަށް |
12 މޭ 2022 ވާ ދުވަހުގެ 10:00 އަށް (އެސް.ޓީ.އޯ ޓްރޭޑްސެންޓާރ 02 ވަނަ ފަންގިފިލާ) |
ނޯޓް:
- އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބީލަންތަށް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.
- މި އިޢުލާނާއިއެކު ޓާރމްސް އޮފް ރެފަރެންސް އެޓޭޗްކޮށްފައިވާނެއެވެ.
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21 (2 ވަނަ ފަންގިފިލާ)
އޯކިޑް މަގު
މާފަންނު
މާލެ، ދިވެހިރާއްޖެ
ފޯން:3335614