ދިވެހިރާއްޖެ
މިއިދާރާއަށް 15 (ފަނަރަ) ޑަބަލް އާމް މަގުމަތީ ބައްތި ދަނޑި ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު: A/2014/71-ފ266 (21 އޮގަސްޓު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އަލުން ޑަބަލް އާމް މަގުމަތީ ބައްތި ދަނޑި ވިއްކަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ގަލްވަނައިޒް ޑަބަލް އާމް 15 (ފަނަރަ) މަގުމަތީ ބައްތި ދަނޑި ވިއްކަވަން ބޭނުންފުޅުވާ ފަރާތްތަކުން 16 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 10:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކޮންފަރެންސް ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކޮންފަރެންސް ރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
14 ޛުލްޤަޢިދާ 1435