ދިވެހިރާއްޖެ
މަޤާމް: އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ގްރޭޑް 1)
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުސާރަ: -/6,185 ރުފިޔާ
ލިވިންގ އެލަވަންސް: -/3,000 ރުފިޔާ
ރިސްކް އެލަވަންސް: -/1,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މާލެ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- އިދާރީގޮތުން އޮފީހުން ފޮނުވަންޖެހޭ ސިޓީފަދަ ތަކެތި ފޮނުވުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.
- އޮފީހުގެ ސްޓޮކް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ކުރުން.
- މުދަލާއި ޚިދުމަތް ހޯދާފައިވާ ތަކެތި ލިބުމުން، ސެޕް ސިސްޓަމް މެދުވެރިކޮށް ގްޑްސް ރިސީވް ކުރުން.
- އިދާރީގޮތުން ހޯދަންޖެހޭ އެންމެހާ ތަފާސްހިސާބުތައް ނަގާ ބެލެހެއްޓުން.
- އޮފީހުގެ ގޮފިތަކަށް އިދާރީގޮތުން ބޭނުންވާ އެންމެހާ ކަންތައްތައް ވިލަރެސްކޮށް ބެލެހެއްޓުން.
- އެޑްމިނިސްޓްރޭޓިވް އޮފިސަރގެ ބެއްލެވުމުގެ ދަށުން އޮފީހުގެ ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން.
- އޮފީހަށް ލިބޭ ލިޔެކިޔުންތައް އެންޓްރީ ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
- އޮފީހުން ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ އެންމެހާ އިންތިޒާމް ހަމަޖައްސާ ބެލެހެއްޓުން.
- މަޤާމުގެ މަސްއޫލިއްޔަތާގުޅޭ ގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
ފެންވަރު ނުވަތަ ޝަރުޠު: ލަންޑަން ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 20 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 09 މޭ 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.
ނޯޓް: 1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއޮފީހުގެ ކައުންޓަރުން ފޯމު ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 އިން 12:00 އަށެވެ.
2- މިއޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށްވެސް އެޕްލިކޭޝަން ފޯމް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުވާ ފޯމްތައް އެކަނި ކަމުގައި ދެންނެވީމެވެ.
3- މ މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 10-24 މޭ 2022 ދެމެދު މާލޭގައެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓް www.pgoffice.gov.mv އިން ލިބެންހުންނާނެއެވެ.)
2- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)
3- ވަނަވަރު
4- ދރއ. ކާޑުގެ ކޮޕީ
5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
24 ރަމަޟާން 1443