ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) 438/438/2014/121
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 02 އޮކްޓޫބަރު 2014 15:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ކްލީން އެނަރޖީ ފޮރ ކްލައިމޭޓް މިޓިގޭޝަން (ސީ.އީ.ސީ.އެމް) ޕްރޮޖެކްޓް

ގްރާންޓް ނަންބަރު: TF011858

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ކޮމްޕިއުޓަރ ސިސްޓަމްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން - ރިޓެންޑަރ

އައި.އެފް.ކިއު ނަންބަރު: 001/TF011858

1. ދިވެހި ސަރުކާރުން ވާރލްޑްބޭންކުގެ އެހީތެރިކަމާއެކު މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު (ސީ.ސީ.ޓީ.އެފް) ގެ ދަށުން އެކުލަވާލެވި، ތަންފީޒު ކުރަމުންގެންދާ "ކްލީން އެނަރޖީ ފޮރ ކްލައިމޭޓް މިޓިގޭޝަން (ސީ.އީ.ސީ.އެމް) ޕްރޮޖެކްޓް"ގެ މަޝްރޫޢު ހިންގުމަށް ލިބުނު އެހީގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ކޮމްޕިއުޓަރ ސިސްޓަމްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު IUL) 438/438/2014/98) ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2 އޮކްޓޫބަރު 2014ވަނަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން އަންދާސީހިސާބު ހުށަހެޅުމުގެ ޝައުޤުވެރިކަން ފާޅު ކުރެއްވުމުން ސޮފްޓް ކޮޕީ ފޯމެޓްގައި "ޝޮޕިންގ ޑޮކިއުމަންޓް" ފޮނުވައިދެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ އެފަރާތްތަކަށް ތިރީގައިވާ އެޑްރެހުން މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3018419 960+

ފެކްސް: 3018301 960+ 

އީމެއިލް: [email protected]

3. ބަންދުކުރެވިފައިވާ އަންދާސީހިސާބުތައް 7 އޮކްޓޫބަރު 2014ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މި ދަޢުވަތުގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެޑްރެހަށް ފޮނުއްވަންވާނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި އަންދާސީހިސާބު ހުޅުވުން އޮންނާނީ 7 އޮކްޓޫބަރު 2014ވާ އަންގާރަ ދުވަހުގެ 11:05 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚު ވަގުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

4. މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ޝޮޕިންގ ޑޮކިއުމަންޓްގައި ބަޔާންކުރެވިފައިވާނެއެވެ. މިދަޢުވަތުގައި ރާއްޖޭގައި ތައްޔާރުކޮށް އުފައްދާ ތަކެއްޗަށް ވަކި ޚާއްޞަ އިސްކަމެއް ނުދެވޭނެއެވެ.

5. މި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) ގައި މި އިޢުލާން ޝާއިޢު ކުރެވިފައިވާނެއެވެ.

11 ސެޕްޓެންބަރު 2014