ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 27 އޭޕްރިލް 2022 00:00
ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ޓީޗަރ (ސޯޝަލް ސްޓަޑީޒް)، ޓީޗަރ (ޕްރައިމަރީ) އަދި ޓީޗަރ (ކްރިއޭޓިވް އާރޓްސް) މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ އޭ2 ޝީޓް އިސްލާޙުކުރުމަށްފަހު ޢާއްމުކުރުން

2021 ޖޫން 22 ގައި ޢާއްމުކުރެވުނު، މިސްކޫލުގެ ނަންބަރު GS168/IUL/2021/010 އިޢުލާނާއި ގުޅިގެން މިސްކޫލުގެ ޓީޗަރ (ސޯޝަލް ސްޓަޑީޒް)ގެ ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ A2 ޝީޓްއާއި 2021 ޖުލައި 14 ގައި ޢާއްމުކުރެވުނު، މިސްކޫލުގެ ނަންބަރު GS168/IUL/2021/012 އިޢުލާނާއި ގުޅިގެން މިސްކޫލުގެ ޓީޗަރ (ޕްރައިމަރީ) އާއި ޓީޗަރ (ކްރިއޭޓިވް އާރްޓްސް) ގެ ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ A2 ޝީޓްތައް އިސްލާޙްކުރުމަށްފަހު އަލުން އާންމުކޮށް އިޢުލާނުކުރީމެވެ. މި A2 ޝީޓްތަކާއި ގުޅިގެން ޝަކުވާއެއް އޮތްނަމަ މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅުއްވަންވާނެއެވެ. ޝަކުވާ ހުށަހެޅުއްވުމަށް އީ-މެއިލް ކުރާނީ [email protected] އަށެވެ.

25 އޭޕްރިލް 2022