މަސައްކަތް
ނަންބަރު: (IUL)331/331/2022/42
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 27 އޭޕްރިލް 2022 11:00
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                           ނަމްބަރ:331/331/2022/42(IUL)

 

 

 

އިޢުލާން

 

 

 ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

              މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބުރުލުވެހި އިމާރާތުގެ މަގުމަތި ކުނިކަހާ ސާފުކުރުމާއި، ޖިމް ސާފުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން މިއިދާރާއިން ކުރި   ނަމްބަރ:331/331/2022/37(IUL) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

              މި މަސައްކަތައް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

              މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. ކޯޓޭޝަން  ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2022 އެޕްރީލް 27 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.

               ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.                  

25 އޭޕްރިލް 2022