ދިވެހިރާއްޖެ
އިޢުލާން
ވަޤުތީ ހަރުގެއެއް ހެދުމަށް ބިމެއްކުއްޔަށްދިނުން
ކައުންސިލުން ކަނޑައަޅާ ބިމެއްގައި ވަގުތީ އޮޑިހަރުގެއެއް ހެދުމަށް ބިމެއް ކުއްޔަށްދޫކުރުމަށް ފުރުޞަތު ހުޅުވާލަމެވެ ހަރުގެ ހެދުމަށް ފުރުޞާތު ހުޅުވާލެވޭނީ އަމިއްލަ ތަކެތީގައި ހަރުގެ އިމާރާތްކޮށް ދީ އެހަރުގެ އަށް އިތުރުބަދަލެއްނުދީ 2 އަހަރު ދުވަހުގެ ތެރޭގައި ކައުންސިލަށް ހަވާލުކުރާ ފަރާތަކަށް 2 އަހަރު ދުވަހުގެ މުއްދަތަށެވެ.
ވީމާ، މިބިން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ ގަޑީގެ ކުރިން ބިޑް ރަޖިސްޓްރީކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ބިޑްރަޖިސްޓްރީ ކުރި ފަރާތްކަމަށް ލިޔުމުގައި ބަޔާންކޮށްފައިވާ ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
ތަފްޞީލް |
މުއްދަތު |
ގަޑި |
ތަން |
ބިޑް ރަޖިސްޓްރީ ކުރުން |
08 މެއި 2022 ވާ އާދިއްތަ ދުވަސް |
13:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާއިން ، އަދި މިއިޢުލާނުގައިވާ ލިންކުން |
ޕްރޮޕޯސަލް ހުށަހެޅުން
|
15 މެއި 2022 އާދިއްތަ ދުވަސް |
މެންދުރު 13:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ރަޖިސްޓްރީ ލިންކް: https://forms.gle/ecv2FGUSRzNFMWN6A
އިތުރު މައުލޫމާތު ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މިބިޑަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހެޅުވުމަށް، ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.