މަސައްކަތް
ނަންބަރު: (IUL)233-ADS/233/2022/6
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 10 މޭ 2020 13:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުގެ ލައިސަންސް ޕްރެކްޓިކަލް އިމްތިޙާނުދޭނެ އެގްޒަމިނަރުން ހޯދުން

ކަނޑުގައި ދުއްވާއިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ޕްރެކްޓިކަލް އިމްތިހާނު ދެއްވާނެ އެގްޒަމިނަރަކު ބޭނުންވެއްޖެ އެވެ.

ބޭނުންވާ ޢަދަދު:

01

އުޖޫރަ:

ދެއްވާ ކޮންމެ އިމްތިޙާނަކަށް -/50 ރުފިޔާ

މަސައްކަތް ކުރަން ޖެހޭތަން ތަން:

އއ.ރަސްދޫ އަދި އަތޮޅުގެ އެހެން ރަށްރަށް

ޝަރުޠު:

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ތިރީގައި އެވާ ކެޓަގަރީތަކުގައި ހިމެނޭ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، ނިޔަމި ކޯސް 1 ނުވަތަ 2 ފުރިހަމަކޮށްފައިވުން.

ކެޓަގަރީ

ތަފްޞީލް

  1. A.      

ބޭރުގައި އިންޖީނުއެޅި 10 ހޯސްޕަވަރަށް ވުރެދަށް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް.

  1. B.      

ބޭރުގައި އިންޖީނުއެޅި 10 ހޯސްޕަވަރުން ފެށިގެންމަތީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް.

  1. C.      

އެތެރޭގައި އިންޖީނުއެޅި 12 މޭލަށްވުރެ މަޑުން ދުވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް.

  1. D.     

އެތެރޭގައި އިންޖީނުއެޅި 12 މޭލަށްވުރެ ބާރަށް ދުވާ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސްގެ ކޮޕީ.
  2. ނިޔަމި ސެޓްފިކެޓް ކޮޕީ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮފީ (މުއްދަތު ހަމަނުވާ)
  4. ވަނަވަރު (ސީވީ)

އެދެންވީ ގޮތާއި ތަން:

ސިޓީއަކުން، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް

ސުންގަޑި:

2022 މެއި 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން

އެގްޒަމިނަރަކު ކަނޑައަޅާނެ ގޮތް

މިކަމަށް އެދިވަޑައިގަންނަވާ ބޭފުޅުންގެ  މަޢުލޫމާތު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނަށް ހުށަހަޅައި އެ އޮތޯރިޓީން ކަނޑައެޅުއްވާ ބޭފުޅަކާއެކު 2 އަހަރު ދުވަހުގެ މުއްދަތަށް އެގްރީމެންޓް ކުރެވޭނެ އެވެ.

24 އޭޕްރިލް 2022