ދިވެހިރާއްޖެ
ނަންބަރު:A/IUL/344/2022/26
އިޢުލާން
އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމާ ބެހޭ:
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުއަށް ގެނެވުނު 8 ވަނަ އިސްލާހާ ގުޅިގެން ކައުންސިލްތަކަށް ބަދަލުކުރަންޖެހޭ ފީތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީ ފީ ކައުންސިލްތަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ދަނީ ކުރަމުންނެވެ. މިކަމަށްޓަކައި ރަށްރަށުގައި ދުއްވާ އުޅަނދުތަކުގެ މަޢުލޫމާތު އެމިނިސްޓްރީއަށް ބޭނުންވެއެވެ.
ވީމާ، މިރަށުގައި ދުއްވާ އެންމެހައި އެއްގަމާއި އަދި ކަނޑު އުޅަނދުފަހަރުގެ ތިރީގައި މިދަންނަވާ މަޢުލޫމާތު 2022 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- އުޅަނދުގެ ރަޖިސްޓްރީ ކޮޕީ
- އުޅަނދުގެ ވެރިފަރާތުގެ އައިޑީ ކާޑް/ ޕާސްޕޯޓް / ކުންފުނި ރަޖިސްޓްރީ
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 ރަމަޟާން 1443