މަސައްކަތް
ނަންބަރު: (IUL)-BCC/PRC/2022/16
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 11 މޭ 2022 10:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބީސީސީގެ ފަރާތުން ހުޅުވާ އެސް.އެމް.އީ ހަބްގެ ގްރައުންޑް ފްލޯގައި ގަސް ވިއްކާނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)ގެ ފަރާތުން އެސްޓީއޯ އެލައިޑް ބިލްޑިންގގެ ގްރައުންޑް ފްލޯ ގައި ހުޅުވުމަށް ހަމަޖެހިފައިވާ އެސް.އެމް.އީ ހަބްގައި ގަސް ވިއްކުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އެސް.އެމް.އީ ހަބަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެހީތެރިވުމުގެ މަޤްސަދުގައި ބީ.ސީ.ސީގެ ފަރާތުން ހުޅުވާ ތަނެކެވެ. މި ތަނުގައި ގަސްވިއްކާ ސަރަހައްދުގެ އިތުރުން ފޮތް ފިހާރައަކާއި، ކެފެޓީރިއާއެއްގެ އިތުރުން ކާބޯތަކެތި، އަންނައުނު، ކޮސްމެޓިކްސް އަދި ކުޅޭ އެއްޗެހި ވިއްކާ ކިއޮސްތަކާއި، ހެއަރ އެންޑް މޭކަޕް ސެލޫނަކާއި ނެއިލް ސްޓޭޝަނެއްވެސް ހުންނާނެއެވެ. މީގެ އިތުރުން މިނީ ސިނަމާއަކާއި ގޭމިންގ އޭރިއާއެއްވެސް އެސް.އެމް.އީ ހަބްގައި ހުންނާނެއެވެ. މިފަދައިން އެކި ދާއިރާތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު ބީ.ސީ.ސީގެ ފަރާތުން މި ހުޅުވާލެވެނީ ވީހާވެސް ގިނަ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެހީތެރިވުމަށްޓަކައެވެ.  

އެގޮތުން ގަސް ވިއްކުމުގެ ޚިދުމަތް ދިނުމަށްޓަކައިވެސް ހުޅުވާލެވިފައިވަނީ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތްވާގޮތުގެ މަތިން މައުލޫމާތު ސާފުކުރައްވާ، ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ.  

 

މައުލޫމާތު ސާފުކުރުން

އެސްޓީއޯ އެލައިޑް ބިލްޑިންގ

ގްރައުންޑް ފްލޯރ، ޗާނދަނީމަގު  

ބުދަ

27 އޭޕްރިލް 2022

10:00

 

އަންދާސީ ހިސާބު

ހުށަހެޅުން

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

މ. ކަނީރުވިލާ (ފުރަތަމަ ފަންގިފިލާ)

ބުދަ

11 މެއި 2022

10:00

މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ. ބީލަން ހުށައެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ބީލަމާއެކު ބީލަން ހުށަހަޅާ ފަރާތުން ޙާޟިރުވާންވާނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. މިކަމާއި ބެހޭ އެންމެހާ މައުލޫމާތެއް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް:

ހ. ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްގެން ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ސޯލްޕްރޮޕްރައިޓަރ ފަދަ ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތަކަށެވެ.

ށ. ބީލަން ހުށަހަޅާ ފަރާތަކީ ކުދި އަދި މެދުފަންތީގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ވާން ޖެހޭނެއެވެ.

ށ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ.

ބީލަންތައް އިވެލުއޭޓްކުރުމުގައި މާކްސް ދެވޭނެ ގޮތް

މާކްސް ދެވޭ ދާއިރާތައް

މާކްސް ދެވޭ އުޞޫލު

%

ހުށަހަޅާ މަހު ކުލި

މި ބަޔަށް މާކްސް ދެވޭނީ އެންމެބޮޑު މަހު ކުލި ހުށަހަޅާ ފަރާތަށް ގިނަ މާރކްސް ލިބޭ އުޞޫލުންނެވެ.

60

ތަޖުރިބާ

ތަޖުރިބާއަށް މާރކްސްދެވޭނީ، ގަސް ހައްދާ، ވިއްކުމުގައި 2 އަހަރުގެ ތަޖުރިބާ ބެންޗްމާކް ކުރެވޭގޮތަށެވެ. 2 އަހަރުގެ ތަޖުރިބާ ހަމަވާ ކޮންމެ ފަރާތަކަށްވެސް ޖުމްލަ 40 މާކްސް ލިބިގެންދާނެއެވެ.

40

*މާކްސް ދެވޭ އުޞޫލުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި އެކުލެވިގެންވާނެ

ބީލަމާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތު:

ބީލަން ހުށަހަޅުއްވަންވާނީ މި ކޯޕަރޭޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ފުރިހަމަކޮށް، ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގެ ބޭރުގައި ބީލަން ހުށައަޅާފަރާތުގެ ފުރިހަމަ ނަމާއި، ބީލަމުގެ ނަން ޖަހާފައެވެ. މަޢުލޫމާތު ފުރިހަމަނުވާ ނުވަތަ ބީލަމުގައި ދެވިފައިވާ މަޢުލޫމާތާއި އެއްގޮތްނުވާ ބީލަންތައް ބާތިލްކުރެވޭނެއެވެ. ހުށަހަޅުއްވާ ބީލަމާއެކު މަދުވެގެން ތިރީގައިވާ މަޢުލޫމާތު ހިމަނުއްވަން ވާނެއެވެ. އަދި މިލިޔުންތައް ހުށަނާޅާފަރާތްތަކުގެ ބީލަންތައް ބާތިލް ކުރެވޭނެއެވެ.

ހ. ބީލަން ހުށަހަޅާ ފަރާތުގެ ފުރަމަލަ (ޕްރޮފައިލް)

ށ. ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީ

ނ. އެސް.އެމް.އީ ރަޖިސްޓަރީ ކޮޕީ               

ރ. ޓެކްސް ކްލިއަރަންސް ރިޕޯޓް

ބ. ގަސް ވިއްކުމުގެ ޚިދުމަތް ދޭން ފެށޭނެ މުއްދަތު ބަންދު ދުވަސްތައް ހިމަނައިގެން "ދުވަހުގެ އަދަދު" (މުއްދަތު ގުނަނަން ފަށާނީ އެގްރިމަންޓް ކުރާދުވަހުން ފެށިގެންނެވެ. އަދި މުއްދަތުގެ ގޮތުގައި ބަލައިގަނެވޭނީ ގިނަވެގެން 15 ދުވަހެވެ).

ޅ. ގަސްވިއްކާ ސަރަހައްދުގެ މަހު ކުލި

ކ. ފުރިހަމަ ކޮށްފައިވާ APPENDIX 1: Bid Submission Form ފޯމް

އ. ފުރިހަމަ ކޮށްފައިވާ APPENDIX 2: Declaration of Ethical Conduct ފޯމް

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

މ. ކަނީރުވިލާ، އޯކިޑް މަގު، މާލެ

ފޯނު: 3305555، 3010613

އީމެއިލް:  [email protected]

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

24 އޭޕްރިލް 2022