މަސައްކަތް
ނަންބަރު: L3MC-C/2014/09
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:07
ސުންގަޑި: 14 ސެޕްޓެންބަރު 2014 14:30
ނިލަންދެއަތޮޅުއުތުރުބުރީ ބިލެއްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

      މިކޯޓުގެ ނަންބަރު: L3MC-C/2014/03ފ(28 އެޕްރީލް 2014)ގެ އިޢުލާނުގައިވާ މަސައްކަތަށް އެކަށީގެންވާ އަންދާސީހިސާބު ފޯމު ހުށަހަޅާފައިނުވާތީ، އަލުން އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާންކުރީމެވެ.

      ވީމާ، މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

        1- ޢިމާރާތުގެ ފާރުތަކުގައި ކަނޑައިގެން ގޮސްފައިވާ ތަންތަން ބައްދައި ފާރުތަކުގައި ކުލަލުން

        2- ޢިމާރާތުގެ ސީލިންގުން ފައްތަރުތައް ކަނޑައިގެން ގޮސްފައިވާ ތަންތަން ބައްދައި ކުލަލުން.

      ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 14 ވާ އާދީއްތަ ދުވަހުގެ 14:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ސެޕްޓެންބަރު 16 ވާ އަންގާރަ ދުވަހުގެ 09:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

09 ސެޕްޓެންބަރު 2014