މަސައްކަތް
ނަންބަރު: 237-C/2014/39
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:06
ސުންގަޑި: 17 ސެޕްޓެންބަރު 2014 11:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާވަށި ދޯނީގެ އިންޖީނު އަލުން ރާވައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން

މިއިދާރާގެ މާވަށިދޯނީގެ އިންޖީނަށް ބޭނުންވާ ސްޕެއަރ ދިނުމުން މިހާރު ރޫޅާލާފައިވާ އިންޖީނު އަލުން ރާވައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 17 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2014 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ފ. އަތޮޅު ކައުންސިލުގެ އިދާރާގެ މާވަށިދޯނީގެ އިންޖީނު މަރާމާތުކުރުމާބެހޭ އަންދާސީހިސާބު " މިހެން ލިޔެފައި އޮންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 (އެކެއް) އަންދާސީހިސާބެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

08 ސެޕްޓެންބަރު 2014