މަސައްކަތް
ނަންބަރު: ( IUL)252/252/2022/39
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި: 28 އޭޕްރިލް 2022 13:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޤާޢިމްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

                 ހއ.ފިއްލަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޤާއިމުކުރުން :

                މި އިދާރާގެ ނަމްބަރު (IUL)252/252/2022/31 (15 މާރިޗް 2022) ގެ އިޢުލާނާއި ގުޅިގެން  އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީ، ހއ.ފިއްލަދޫގައި ކުނިމެނޭޖުކުރާ މަރުކަޒެއް ޤާއިމު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.

                ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނެ ފަރާތްތައް ބީލަން ފޮތުގެ ސެކްޝަން 2 ގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާނެއެވެ.

                   ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް ފޮނުވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

 

ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރުން :

28 އެޕްރީލް 2022 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް

ބީލަން ބަލައިގަތުން :

12 މޭ 2022 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް

ބީލަންތައް ހުޅުވުން :

12 މޭ 2022 ވަނަ ދުވަހުގެ 11:00 ގައި ފިއްލަދޫ ކައުންސިލް އިދާރާގައި

 

 

 

           ބީލަން ހުށައެޅުމަށް އަދި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށައަޅަންވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށައަޅާ ފަރާތްތަކުގެ އެއް ހާޟިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6500023 އާއި ގުޅުއްވާ މަޢުލޫމާތު ސާފްކުރުން އެދެމެވެ.

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

24 އޭޕްރިލް 2022