ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)FAH-A/FAH/2022/16
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 08 މޭ 2022 10:30
ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވޯޑް މެނޭޖަރުންގެ ޒިންމާ ޙަވާލުކުރުމަށް ކުރެވޭ އިޢުލާނު

ޙަވާލުކުރެވޭ ޒިންމާ

ވޯޑް މެނޭޖަރ

ބޭނުންވާ ޢަދަދު

1  ( އެކެއް)

ގިންތި

ދާއިމީ

ޙަވާލުކުރެވޭ މުއްދަތު

4 އަހަރު

ވަޒީފާ އަދާކުރުރަންޖެހޭ ތަން

ފ. އަތޮޅު ހޮސްޕިޓަލް / ފ. ނިލަންދޫ ، ދިވެހިރާއްޖެ.

އެޑަޑް ރެސްޕޮންސިބިލިޓީ އެލަވަންސް ދެވޭނެ މިންވަރު

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/124  ( އެއްސަތޭކަ ސައުވީސް ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް

 

1. ނަރުހުންގެ އިސްފަރާތެއްގެ ގޮތުން ހުރިހާ ނަރުހުންނާއި އަދި މިނޫންވެސް ދަށުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެހާ ކަންކަން ގާތުން ބަލާ މުވައްޒަފުންނާއި ގުޅޭގޮތުން ނަގަންޖެހޭ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ނެގުން.

2. ނަރުހުންނާއި އެހެން މުވައްޒަފުންނަށް ޚާއްޞަކޮށްގެން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ކްލާސްތައް ޤަވާޢިދުން ރާވާ ހިންގުން.

3. ނަރުހުންގެ ޑިޕާޓްމަންޓްގެ އެކިއެކި އޭރިއާތަކަށް އިންޗާޖުން ކަނޑައަޅާ އިންޗާޖެއްގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ޙަވާލުކޮށް މަސްއޫލިއްޔަތުތައް އަދާކުރޭތޯ ބެލުން.

4. ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި ބޭނުންކުރާ އާލާތްތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި އިޤުތިޞާދުކުރުމާއި، ބަލިމީހުންނަށް ފަރުވާ ދިނުމުގައި އިޚްލާސްތެރިކަމާއެކު އެމީހުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން.

5. ކޮންމެ ހަފްތާއަކު ޑިޕާޓްމަންޓަށް ބޭނުންވާ ތަކެތި އިންޑެންޓްކޮށް ތަކެތި ހޯދުން.

6. ނާކޮޓިކް ބޭސް ހުންނަ ކަބަޑު އަބަދުވެސް ތަޅުލާފައި ހުރޭތޯ ބެލުން.

 

7. އެޑްމިޓް ކުރެވިފައިވާ ބަލިމީހުން ޙަވާލުކުރެވިފައިވާ ނަރުހުން އެމީހުންގެ ޒިންމާ އަދާކުރޭތޯ ބެލުން.

8. ޑިޕާޓްމަންޓުގެ ޙާލަތު ޤަވާޢިދުން ބެލުމާއެކު ނަރުހުންގެ މަސައްކަތަށް ދަތިވާ ކަންކަން މެނޭޖްމަންޓާއި ގުޅިގެން ޙައްލުކުރަން މަސައްކަތްކުރުން.

09. ހޮސްޕިޓަލުގެ އަމާޒާއި އެއްގޮތަށް ޔުނިޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.

10. ހަމަހަމަކަމާއެކު ދެވޭ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ހުރިހާ މުވައްޒަފުންނަށް ބާރުއަޅާ މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން.

11. ނަރުހުންދޭ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ނަރުހުން ތަމްރީން ކުރުމަށް ޕްލޭނިންގ ހަދާ އެއާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން.

12. ކޮންމެ ހަފްތާއަކު ޑިއުޓީ ރޯސްޓަރ ތައްޔާރުކުރުމާއި، ސަލާމް ބުނެގެން ނުވަތަ އެއްވެސް ސަބަބަކާއި ހުރެ މުވައްޒަފަކު ޑިއުޓީއަށް ނުނިކުމެއްޖެނަމަ ޑިއުޓީތަކަށް ބަދަލު އިންތިޒާމް ހަމަޖެއްސުން.

13. މަތީގައިވާ ކަންތައްތަކުގެ އިތުރުންވެސް ހޮސްޕިޓަލުން ރާވާ ހިންގާ ހޮސްޕިޓަލްގެ ކަންތައްތަކުގައި ބައިވެރިވުން.

 

ޝަރުތު

ނަރުންހުންގެ ވަޒީފާގެ އޮނިގަނޑުގައި ހިމެނޭ މަޤާމުތަކުގެ ތެރެއިން ސީ.އެސް 10 ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ޝަރުތު ހަމަވެ، އެ ރޭންކުން ފެށިގެން މަތީ މަޤާމެއްގައި ހުރި ފަރާތަކަށްވުން

 

 

ހުށައަޅަންޖެހޭ ލިޔުންތައް

 

 

1.ވޯޑް މެނޭޖަރުންގެ ޒިންމާ ހަވާލުކުރުމަށް ކުރެވޭ އިޢުލާނަށް އިޖާބަދީ ،އެމަޤާމަށް ކުރިމަތިލުމަށް އެދި އިދާރާއަށް ހުށައަޅާ ސިޓީ

2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

   (ހ) މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައިފައިވާ ރާއްޖެއިން ބޭރުގެމަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

   (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަކޯސް  ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ.

3. ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓް ތަކުގެ ކޮޕީ.

4. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްތަކުގެ ކޮޕީ.

5.  މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

  (ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސަވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏަކުން ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާނކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

(ނަރުހުންގެ ވަޒީފާގެ އޮނިގަނޑުގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑާއި ވޯޑް މެނޭޖަރުންގެ ޒިންމާ ޙަވާލުކުރެވޭ އުސޫލުގައި ހިމެނޭ ކަންތައްތަކާ އެއްގޮތަށް )

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 މެއި 08 ވަނަ ދުވަހުގެ 10:30 ގެ ކުރިން ފ. އަތޮޅު ހޮސްޕިޓަލް އަށެވެ.  ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް [email protected]  މެދުވެރިކޮސްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަނޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް އިޢުލާނަށް ކުރިމަތި ލުމަށް ހުށަހަޅާ ސިޓީ/ ލިޔުން ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ  ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމާށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2022 މެއި 11 ން 14 އާއި ދެމެދު ފ. އަތޮޅު ހޮސްޕިޓަލް ގައެވެ.  ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚު ތަކުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފ. އަތޮޅު ހޮސްޕިޓަލްގެ 6740086 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected]

24 އޭޕްރިލް 2022