ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2022/106
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި:
28 އޭޕްރިލް 2022 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މިހޮސްޕިޓަލުގެ ސެންޓަރ ފޮރ މެންޓަލް ހެލްތު ޑިވިޜަންގައި ކޮންޓްރެކްޓް އުސޫލުން އެޓެންޑެންޓް މި މަގާމުގައި މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ.
|
އިޢުލާނު
|
|
މަޤާމު:
|
އެޓެންޑެންޓް
|
|
ބޭނުންވާ އަދަދު:
|
06 (ހަޔެއް)
|
|
މަޤާމުގެ ގިންތި:
|
ކޮންޓްރެކްޓް
|
|
މަޤާމުގެ ރޭންކު:
|
އެސް.އެސް2
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 2
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މެޑިކަލް ސަރވިސަސް ޑިޕާޓްމަންޓް، ސެންޓަރ ފޯރ މެންޓަލް ހެލްތް ޑިވިޜަން، އެޑްމިނިސްޓްރޭޝަން ސެކްޝަން / މާލެ
|
|
މުސާރަ:
|
-/3470 ރުފިޔާ (މަހަކު)
|
|
ސަރވިސް އެލަވަންސް:
|
-/1000 ރުފިޔާ (މަހަކު)
|
|
އެހެނިހެން އެލަވަންސް:
|
ސަޕޯޓިންގ ކޯ އެލަވަންސް: -/1200 ރުފިޔާ (މަހަކު)
ރިސްކް އެލަވަންސް: -/100 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)
މިނިމަމް ވޭޖް އެލަވަންސް (މަހަކު) : -/1828 ރުފިޔާ
|
|
މަސައްކަތުގެ މުއްދަތު:
|
1 އަހަރު
|
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
ދުވާލަކު މަދުވެގެން 6 ގަޑިއިރު ހަފްތާއަކު 5 ދުވަހު ރަސްމީ ގަޑި (އަދި ދުވާލަކު 6 ގަޑިރަށްވުރެ އިތުރަށް ކުރާ މަސައްކަތުގެ ގަޑިއިރަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ.)
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އެދުމަތިވެފައިވާ ބަލިމީހުން އެނދުގައި ބާއްވައިގެން އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރުމުގައި ނަރުހުން އަދި ބަލިމީހާގެ އެހީތެރިންނަށް އެހީވެދިނުން.
- އެނދުމަތިވެފައިވާ ބަލިމީހުން ސާފުތާހިރު ކުރުމުގައި އަދި އެހެނިހެން ބަލިމީހުން އަމިއްލައަށް ސާފުތާހިރު ވުމުގައި އެހީތެރިވެ ދިނުން.
- ސެންޓަރ ފޯ މެންޓަލް ހެލްތަކީ ނަފްސާނީ ކަންކަމުގައި ފަރުވާ ހޯދާ ފަރާތްތަކަކަށް ހިދުމަތްދޭތަނެއްކަމުން، އެފަދަ ބަލިމީހުން ފަރުވާ ދިނުމުގައި ކަނޑައަޅާފައިވާ ޕޮލިސީތަކާއި އެއްގޮތަށް އެފަރާތްތައް ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދިނުން.
- ބަލިމީހުން އެއްތަނުން އަނެއްތަނަށް ގެންގޮސްދިނުމުގައި އަދި ފަރުވާދިނުމުގައި އެހީތެރިވުން (އެކްސްރޭ ނެގުމަށް، އެމް.އާރް.އައި ހެދުމަށް، އޮޕަރޭޝަން ތިއޭޓަރަށް ގެންދިއުން، ގޮނޑި/އެނދުގައި އުފުލާ ބަލިމީހުން ޑޮކްޓަރު ކޮޓަރިއަށް ގެންދިއުން)
- ހޮސްޕިޓަލްގެ ޕޮލިސީ ތަކާއި އެއްގޮތަށް، ޔުނިޓް/ވާރޑްގައި ބޭނުންކުރާ ފޮތިސާމާނު ލޯންޑްރީއަށް ގެންދިއުމާއި ގެނައުން .
- ހޮސްޕިޓަލްގެ ޕޮލިސީ ތަކާއި އެއްގޮތަށް، ޔުނިޓް/ވާރޑްއިން އުކާލަންޖެހޭ ކުނި އެކަމަށް ޚާއްސަކުރެވިފައިވާ ތަންތަނަށް ގެންދިއުން.
- ހޮސްޕިޓަލްގެ ޕޮލިސީ ތަކާއި އެއްގޮތަށް، އޮޓޮކްލޭވް ކުރާތަކެތި ސީ.އެސް.އެސް.ޑީއަށް ގެންދިއުމާއި ގެނައުން.
- ހޮސްޕިޓަލްގެ ޕޮލިސީ ތަކާއި އެއްގޮތަށް، މެޑިކަލް ރެކޯޑްސްތަކާއި އެހެނިހެން ލިޔެކިޔުންތައް ގެންދަންޖެހޭ ވަކިޚާއްސަ ތަންތަނަށް ގެންދިއުމާއި ގެނައުން.
- ބަލިމީހުންގެ ބައްޔާގުޅޭ ލިއުންތަކާއި މައުލޫމާތުގެ ސިއްރު ހިފެހެއްޓުން .
- ހޮސްޕިޓަލްގެ ޕޮލިސީ ތަކާއި އެއްގޮތަށް، އޯޕީޑީ ކޮޓަރިތައް، ވޯޑުތައް، ހާއްސަ ޔުނިޓްތައް އަދި މިތަންތަނުގައި ހުންނަ އެނދުތަކާއި، ކަބަޑުތައް އަދި އެހެނިހެން ސާމާނު ސާފުކުރުން .
- ސެންޓަރުގައި ބޭނުންކުރާ ތަކެތި (އޮކްސިޖަންފުޅި އަދި އެހެނިހެން އިކުއިޕްމަންޓްސް) އުފުލުމުގެ މަސައްކަތްކުރުން. .
- ހޮސްޕިޓަލްގެ ޕޮލިސީ ތަކާއި އެއްގޮތަށް، ވޯޑްތަކާއި އެހެނިހެން ޔުނިޓް ތަކުގެ ފާޚާނާތައްް ސާފުކުރުން .
- ސެންޓަރުގައި ރާވާ ތަންފީޒު ކުރެވޭ ވަޒީފާއާއި ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް ގަވާއިދުތަކާއި އެއްގޮތަށް އަމަލުބެހެއްޓުން.
- މަސައްކަތު މާހައުލުގައި ބަލިމީހުންނަށާއި އަމިއްލަ ނަފްސު ރައްކާތެރި ކުރުމަށްޓަކައި ހެދިފައިވާގަވާއިދުތަކަށް އަމަލުކުރުން .
- ހޮސްޕިޓަލްގައި ކަނޑައެޅިފައިވާ ޕޮލިސީ ތަކާއި އެއްގޮތަށް، އިމާރޖެންސީ ހާލަތެއްގައި ހޮސްޕިޓަލުން އަންގައިފިނަމަ އެކަމަކަށް އިޖާބަދިނުން .
- މަސައްކަތު މާހައުލުގައި ދިމާވާ ތަފާތު މައްސަލަތަކާއި ގޮންޖެހުންތައް ހައްލުކުރުމުގައި ސުޕަވައިޒަރުންނާއި އެހެނިހެން މުވައްޒަފުންނަށް ދޭންޖެހޭ އެއްބާރުލުން ދިނުން. .
- ހޮސްޕިޓަލްގައި ކަނޑައެޅިފައިވާ ޕޮލިސީތަކާއި އެއްގޮތަށް، މަސައްކަތު މާހައުލުގައި ހެދުންއެޅުމާއި އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓުން އަދި މުއާމަލާތް ކުރުމުގައި އިހުތިރާމާއި މަޑުމައިތިރިކަން އިހުތިޔާރުކުރުން.
- މީގެ އިތުރުންވެސް މަސައްކަތާއި ގުޅުންހުރި ކަންކަމުގައި/ ހަރަކާތްތަކުގައި ދޭންޖެހޭ އެއްބާރުލުންދީ އެމަސަކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން .
|
|
މަޤާމުގެ ޝަރުޠުތައް:
|
- ލިޔަން ކިޔަން އެގުން،
ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ:
ލިޔަންކިޔަން އެނގޭކަން ކަަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަކުން ބަލައިގެންނެވެ. ނުވަތަ
ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.
ނުވަތަ
ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.
|
ވީމާ، މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މެއިލްކުރައްވާނީ ތިރީގައި މިދަންނަވާ ލިޔުންތަކާއެކު ސިޓީއަކުން 28 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 [email protected] އަށެވެ.
- މަގާމަށް އެދި ހުށަހުއްވާ ސިޓީ
- ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓްކޮށްފައިވާ)
- ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓްކޮށްފައިވާ)
- ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓް ކޮށްފައިވާ)
- ޕޮލިސް ރިޕޯރޓް (3 މަސް ހަމަނުވާ)
ނޯޓް: ވަޒީފާއަށްއެދޭ ސިޓީއާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިހޮސްޕިޓަލަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މިހޮސްޕިޓަލަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)
23 ރަމަޟާން 1443
24 އޭޕްރީލް 2022