ބީލަން
ނަންބަރު: GS198/IUL/2022/04
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި: 08 މޭ 2022 10:30
މާމެންދޫ ސްކޫލް، ގއ.މާމެންދޫ
ދިވެހިރާއްޖެ
ސްކޫލުގެ ދަރިވަރުންނަށް ވަންމީލު ފޯރުކޮށްދޭނެ ފަރާތެއް ހޯދުން:

މާމެންދޫ ސްކޫލް

   ގއ. މާމެންދޫ

 ދިވެހިރާއްޖެ

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ ދަރިވަރުންނަށް "ވަންމީލް" ޕްރޮގްރާމުގެ ދަށުން މީލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މި ސްކޫލުގެ ދަރިވަރުންނަށް "ވަންމީލް" ޕްރޮގްރާމުގެ ދަށުން މީލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިސްކޫލުން 5 އޭޕްރީލް 2022 ކުރި އިޢުލާން ނަންބަރު GS198/IUL/2022/03 އާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން ވަންމީލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

  1. މި ސްކޫލުގެ ދަރިވަރުންގެ ތެރެއިން ވަންމީލު ބޭނުންވާ ދަރިވަރުންނަށް ވަންމީލު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
  2. މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 އޭޕްރީލް 24 އިން 2022 އޭޕްރީލް 28 ވަނަ ދުވަހު ހެނދުނު 10.30އަށް މި ސްކޫލަށް ވަޑައިގެން ނުވަތަ މި ސްކޫލުގެ ފޯނަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  3. މި ޕްރޮޖެކްޓާއި ބެހޭ އެއްވެސް ސުވާލެއް އޮތްނަމަ 28 އޭޕްރީލް 2022ވަނަ ދުވަހު 10.30ގެ ކުރިން މިސްކޫލުގެ އިމެއިލް އެޑްރެސް [email protected] އަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
  4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 8 މެއި 2022ވާ އާދީއްތަ  ދުވަހު ހެނދުނު 10:30ގައި ގއ. މާމެންދޫ ސްކޫލުގައެވެ.
  5. މި ޕޮރޮޖެކްޓުގެ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗު ކުރެވިފައިވާނެއެވެ.
  6. މި ޕޮރޮޖެކްޓާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ.

ގއ. މާމެންދޫ ސްކޫލް

މާމެންދޫ، ދިވެހިރާއްޖެ                   

ފޯނު: 7983073

އީމެއިލް: [email protected]

23 ރަމަޟާން 1443

24 އޭޕްރީލް 2022

24 އޭޕްރިލް 2022