ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2022/19
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 09:39
ސުންގަޑި: 28 އޭޕްރިލް 2022 11:00
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.މީދޫ ޕްރީސްކޫލް ހޯލުތެރެއާއި މަގުމަތި ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މި އިއުލާނާއި އެއްކަރުދާސް ކޮށްފައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތަށް ދ.މީދޫ ޕްރީސްކޫލް ހޯލުތެރެއާއި މަގުމަތި ކުނިކަހާ ސާފުކޮށްދިނުމަށް  ޝަޢުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހުޅުވާލަމެވެ.

އަންދާސީ ހިސާބު ހުށަހެޅުމާއި ބިޑްކެޑުން

2022 އޭޕްރީލް 28 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ދ.މީދޫ ކައުންސިލް ކޮންފަރެންސް ހޯލްގައި

މިމަސައްކަތަށް އެދި ހުށަހެޅޭނެ އެންމެ މަތީ އަގަކީ -/1500 (ފަނަރަސަތޭކަ) ރުފިޔާއެވެ. އަދި މިމަސައްކަތަށް   ކުރިމަތިލައްވާ ފަރާތަކީ މިމަސައްކަތަށް ޝައުޤުވެރިކަން ހުރެގެން ކުރިމަތިލާ ފަރާތަކަށް ވާންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. ގަޑިޖެހުމަށް ފަހު ހުށަހެޅޭ އަންދާސީ ހިސާބުތަކާއި އީމެއިލްގެ ޒަރިއްޔާއިން ހުށަހެޅޭ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މައުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

މިކަމަށް އެދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު:

  1. ޢުމުރުން 18 އަހަރާއި، 65 އަހާރާ ދެމެދުގެ މީހަކު ކަމުގައިވުން.
  2. ރަށުގެ ރައްވެއްސަކަށްވުން، ނުވަތަ ރައްވެއްސަކާއި ކައިވެނީގެ ގޮތުން ގުޅިފައިވާ މީހަކު ކަމުގައިވުން.

 

                       

 

 

 

 

 

 

 

 

މަޢުލޫމާތު ކަރުދާސް

 

  • ކުނިކަހަންޖެހޭ ސަރަޙައްދަކީ ޕްރީސްކޫލް ހޯލްތެރެއާއި ވަށައިގެން މަގުމަތި 9 ފޫޓުވާ ސަރަހައްދު މަގުމައްޗެވެ.  
  • ކުނިކަހައި ސާފު ކުރުމަށް އެންމެހާ ތަކެތި ހޯދުމަކީ މަސައްކަތާއި ޙަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
  • ހަފްތާއަކު 5 ދުވަހު ކުނިކަހާ ވިނަނޮޅާ ސާފްކުރަންވާނެއެވެ. އެދުވަހަކު ސާފުކޮށްގެން ނެގޭ  ކުންޏާއި ކްލާސްރޫމުން ނެރިފައިވާ ކުނި އެދުވަހަކު އުކާލަންޖެހޭނެއެވެ. މީގެ އިތުރުން ޚާއްސަ ކަމެއް ދިމާވެގެން ޕްރީސްކޫލުން ހޯލާއި މަގުމަތި ކުނިކަހާ ސާފު ކޮށްދިނުމަށް އެދިއްޖެނަމަ ސާފްކޮށްދޭންވާނެއެވެ.
  • ޕްރީސްކޫލް ހޯލް ތެރޭގައި ހައްދާފައިވާ ގަސްތަށް ކޮށުމާއި ފެންދޭންޖެހޭ ގަސްތަކަށް ފެންދިނުމާއި ގޯތިތެރޭގައި އިންދައިގެން ހައްދާ ގަސްތަކުގެ އިތުރުން ގޯތިތެރޭގައި ފަޅާ އެކި ބާވަތުގެ ބޭނުން ނުކުރެވޭ ގަސްތައް އުފުރާ ސާފުކުރުން.
  • ކުނިކެހުން ސްޕަވައިޒް ކުރާނީ ޕްރީސްކޫލްގެ މުވައްޒަފުންނާއި މިކައުންސިލުންނެވެ. ސްޕަވައިޒް ކުރުމުގެ ތެރެއިން ކަމެއް ރަނގަޅުކޮށްލަން އެދިއްޖެނަމަ އެކަން ރަނގަޅު ކުރަންވާނެއެވެ.
  • ޕްރީސްކޫލް ހޯލްތެރެއާއި މަގުމަތި ކުނިކެހުމަށް ހަވާލުކުރެވޭ އެގްރީމެންޓްގައި ދެފަރާތުން ސޮއިކުރާ  ތާރީހުން ފެށިގެން މީލާދީ 06 މަސް ދުވަހުގެ މުއްދަތަށެވެ.        
  • ޕްރީސްކޫލް ހޯލްތެރެއާއި މަގުމަތި ކުނިކެހުމަށް ކަޑައެޅިފައިވާ އުޖޫރައަކީ -/1500 ( ފަނަރަސަތޭކަ ) ރުފިޔާއަށްވުރެ ބޮޑުނުވާނެ އުޖޫރައެކެވެ. މަސައްކަތް ހަވާލުކުރެވޭނީ އެންމެ ކުޑައަގެއް ހުށައަޅާ ފަރާތަކަށެވެ. އުޖޫރަދެވޭނީ ޕްރީސްކޫލް މުވައްޒަފުންގެ މުސާރައާއެކުގައެވެ.
  • މިމަސައްކަތާއި ޙަވާލުވާ ފަރާތުގެ އުޖޫރަ އެފަރާތެއްގެ އެކައުންޓަށް ކޮންމެ މަހެއް ނިމުމުން ޖަމާކުރެވޭނެއެވެ.
  • ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
24 އޭޕްރިލް 2022