ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2022/57
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 27 އޭޕްރިލް 2022 13:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީގެ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމާބެހޭ

އިޢުލާން

ކުޅުދުއްފުށީ ސިޓީގެ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމާބެހޭ

 

  ޤާނޫނު ނަންބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 8 ވަނަ އިޞްލާހުގެ ދަށުން އެރަށެއްގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ ކައުންސިލަށް ބަދަލުކުރުމަށްޓަކައި ކުޅުދުއްފުށީގައި ދުއްވާ އުޅަނދުތަކުގެ މަޢުލޫމާތު ދަފްތަރު ކުރަން ބޭނުންވެއެވެ.

ވީމާ ކުޅުދުއްފުށީގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ވެރިން އުޅަނދުތައް ދަފްތަރުކުރުމަށްޓަކައި އެކަމަށް ތައްޔާރުކުރެވިފައިވާ އޮންލައިން ފޯމް މެދުވެރިކޮށް އުޅަނދުފަހަރުގެ މަޢުލޫމާތު  27 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ފޮނުއްވުން އެދެމެވެ. އޮންލައިން ފޯމް މެދުވެރިކޮށް މަޢުލޫމާތު ފޮނުއްވަން ދަތިފުޅުވާ ފަރާތްތަކުން ސިޓީކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން އުޅަނދު ދަފްތަރު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ދަފްތަރު ކުރައްވަން ވަޑައިގަންނަވާއިރު އުޅަނދުގެ ރަޖިސްޓަރީ ހިއްޕަވައިގެން ވަޑައިގަތުން އެދެމެވެ.

އޮންލައިން ފޯރމް ލިންކް: https://forms.office.com/r/28AQPAzffu

                20 ރަމަޟާން 1443

                21 އޭޕްރީލް 2022

21 އޭޕްރިލް 2022