ވަޒީފާގެ ފުރުޞަތު
ނަންބަރު: 167-F/1/2014/35
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:04
ސުންގަޑި: 21 ސެޕްޓެންބަރު 2014 14:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ

        މި  ސަރވިސްއަށް މި މަޤާމްތަކަށް މީހުން ބޭނުންވެއްޖެއެވެ. މި މަޤާމްތަކަށް ދިވެހިން ކުރިމަތިނުލާނަމަ، ކޮންޓްރެކްޓް އުސޫލުން ބިދޭސީ މުވައްޒަފުން ހަމަޖެއްސޭނެއެވެ.

މަޤާމު: މެޑިކަލް އޮފިސަރ

ބޭނުންވާ އަދަދު: 02 (ދޭޢް)

ވަޒީފާ އަދާކުރަންޖެހޭ ތަން: މާފުށީ ޖަލު، އައްސޭރި ޖަލު، ކަސްޓޯޑިއަލް ރިސެޕްޝަން އެންޑް ޑައިގްނޯސްޓިކް ސެންޓަރ (މާލެ ޖަލު)/ ކ.މާފުށި/ ކ.ހިންމަފުށި/ މާލޭގައި.

މަގާމަށް ބޭނުންވާ ދާއިރާ: ޞިއްޙީ ދާއިރާއިން.

ފެންވަރު ނުވަތަ ޝަރުޠު:

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސީނިއަރ މެޑިކަލް އޮފިސަރ

އީ.އެކްސް 1

ޑިރެކްޓަރ

1- އެމް.ބީ.ބީ.އެސް ޑިގްރީ  ހާސިލުކޮށް، މޯލްޑިވްސް މެޑިކަލް ކައުންސިލުން އެ ސެޓްފިކެޓް ގަބޫލުކޮށްފައިވުމާއެކު، 1 އަހަރު ދުވަހުގެ އިންޓާންޝިޕް ލިބި، 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

-/8،835 ރުފިޔާ

މެޑިކަލް އޮފިސަރ

އެމް.އެސް 4

ޑެޕިއުޓީ ޑިރެކްޓަރ

1- އެމް.ބީ.ބީ.އެސް ޑިގްރީ  ހާސިލުކޮށް،  މޯލްޑިވްސް މެޑިކަލް ކައުންސިލުން އެ ސެޓްފިކެޓް ޤަބޫލުކޮށްފައިވުމާއެކު، 1 އަހަރު ދުވަހުގެ އިންޓާންޝިޕް ލިބިފައިވުން.

-/7،875 ރުފިޔާ

އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް

  • ސަރވިސް އެލަވަންސް: -/3،500 (ތިންހާސް ފަސްސަތޭކަ ރުފިޔާ)
  • ޤަވައިދާ އެއްގޮތްވާގޮތުގެމަތިން އިތުރުގަޑިއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

1- ޖަލުތަކުގައި ތިބޭ ގައިދީން ހަފިތާއަކު 3 ދުވަހު (އޯ.ޕީ.ޑީގައި)  ބެލުން.

2- ކޮންމެ ހަފުތާއަކު ޖަލުތަކަށް ޒިޔާރަތްކޮށް، ބަލިމީހުން ބެލުން (ހަފުތާއަކު މަދުވެގެން އެއްފަހަރު)

3- ރަސްމީ ޑިއުޓީގަޑީގެ އިތުރުން، އިމަޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ އެޓެންޑްވުން.

4- ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޚާއްޞަ ބަލިތަކަށް ފަރުވާ ހޯދުމުންދާ ޤައިދީންގެ މަންތްލީ މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕްސް މޮނިޓަރކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް

1- މަތީ ތަޢުލީމާއި ތަމްރީން.

2- މަސައްކަތުގެ ތަޖުރިބާ

އިންޓަރވިއު ބޭއްވޭނެ މުއްދަތާއި ތަން

- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު    15 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް: - ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމްތައް ބާޠިލުކުރެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަދަދު އެނގޭގޮތަށް ކޮންމެ ޞަފްޙާއެއްގެ ނަންބަރު އެނގޭގޮތަށް ޖެހުން އެދެމެވެ.

ސުންގަޑި: މި މަޤާމްތަކަށް އެދޭ ފަރާތްތަކުން 2014  ސެޕްޓެންބަރު  21 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެން އެދެމެވެ. (ޣާޒީ ބިލްޑިންގ/ 1 ވަނަ ފަންގިފިލާ)

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސްގެ ނަންބަރު 3328443 އަށް ގުޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، މި ސަރވިސްގެ www.prisons.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި     މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

- ވަޒީފާއަށް އެދޭ ސިޓީ (ބިދޭސީއެއްނަމަ)

- މޯލްޑިވްސް ނާސިންގ ކައުންސިލުން ދޫކޮށްފައިވާ ނާސިންގ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ނުވަތަ ޕްރީ–ރެޖިސްޓްރޭޝަން ސްލިޕްގެ އޮރިޖިނަލް. (ބިދޭސީއެއްނަމަ).

- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 

- ސިވިލް ސަރވިސްއަށް/ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.

  • ނޯޓް: އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.

14  ޛުލްޤަޢިދާ 1435

9 ސެޕްޓެންބަރު 2014

09 ސެޕްޓެންބަރު 2014