ދެންނެވުން
ނަންބަރު: MTCC-CS/IU/2022/0134
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 19:15
ސުންގަޑި: 28 އޭޕްރިލް 2022 14:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާއާބެހޭ

ޙިއްޞާދާރުންނަށް 2021 ވަނަ އަހަރަށް ޙިއްޞާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު (05 ރުފިޔާ) ގެ ކޮންމެ ޙިއްޞާ އަކަށް 3/50 (ތިން ރުފިޔާ ފަންސާސް ލާރި)، ޖުމްލަ 28,132,122.00 (އަށާވީސް މިލިއަން އެއްލައްކަ ތިރީސްދެހާސް އެއްސަތޭކަ ބާވީސް) ރުފިޔާ ބަހާގޮތަށް، 2021 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް، 21 އޭޕްރީލް 2022 ގައި ބޭއްވި މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިން ވަނީ ނިންމަވާފައެވެ.

2021 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ލިބިވަޑައިގަންނަވާނީ، 05 އޭޕްރީލް 2022 ގައި މިކުންފުނިން ކޮށްފައިވާ ނަންބަރު MTCC-CS/IU/2022/093 އިޢުލާނުގައިވާ ގޮތުގެ މަތިން، 18 އޭޕްރީލް 2022 ގެ ނިޔަލަށް، ކުންފުނީގެ ރަޖިސްޓްރީގައި ހިމެނިވަޑައިގަންނަވާ ޙިއްޞާދާރުންނަށެވެ.

21 އޭޕްރިލް 2022