ދިވެހިރާއްޖެ
އިޢުލާން
"ހަނިމާދޫ ކައުންސިލް ޤުރުއާން މުބާރާތް 1443" ގެ ބައިވެރިންގެ ނަން ލިސްޓް އާންމުކުރުން.
މި ކައުންސިލްގެ ނަންބަރު: (IUL)258/258/2022/30 ޢިއުލާނާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ހަނިމާދޫ ކައުންސިލް ޤުރުއާން މުބާރާތް 1443" ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 28، 29 އަދި 30 މި 3 ދުވަހު 2 ދަންފަޅިއަށް ބަހާލައިގެން ތިރީގައިވާ ތާވާލާއި އެއްގޮތަށެވެ. މި މުބާރާތުގެ ބައިވެރިންގެ ލިސްޓު މި ޢިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި މުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމާއި ދެމެދު ކުދި ފުށުއެރުންތަކެއް ހުރުމުން، ބައިވެރިންގެ ލިސްޓު އެކުލަވާލުމުގައި ޤަވާއިދާ އެއްގޮތައް އިސްލާޙް ކޮށްފައިވާނެކަން ފާހަގަކުރަމެވެ. އަދި ބައިވެރިންގެ ލިސްޓާއިމެދު އެއްވެސް ބައިވެރިއެއްގެ ފަރާތުން ޝަކުވާއެއް ހުށައަޅަން ބޭނުންވާނަމަ 2022 އޭޕްރިލް 26 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މި މިކައުންސިލްގެ ރަސްމީ އީމެއިލް ([email protected]) މެދުވެރިކޮށް ހުށައެޅުމަށް ދަންނަވަމެވެ.
ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލް
ތާރީޚް |
ދުވަސް |
ދަންފަޅި (ގަޑި) |
އުމުރު ފުރާ |
ގޮފި |
28 އޭޕްރީލް 2022
|
ބުރާސްފަތި |
މެންދުރުފަހު 13:30 އިން 15:00 އަށް |
|
ނުބަލާ (ހިތުން) ކިޔެވުން |
29 އޭޕްރީލް 2022 |
ހުކުރު |
މެންދުރުފަހު 14:00 އިން 15:00 އަށް |
|
ބަލައިގެން ކިޔެވުން |
29 އޭޕްރީލް 2022 |
ހުކުރު |
ހަވީރު 16:00 އިން 17:30 އަށް |
|
ބަލައިގެން ކިޔެވުން |
30 އޭޕްރީލް 2022 |
ހޮނިހިރު |
ހެނދުނު 10:00 އިން 12:00 އަށް |
|
ބަލައިގެން ކިޔެވުން |
30 އޭޕްރީލް 2022 |
ހޮނިހިރު |
މެންދުރުފަހު 13:30 އިން 15:00 އަށް |
|
ބަލައިގެން ކިޔެވުން |
ވީމާ، މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތްތަކުން މަތީގައިވާ ތާވަލާއި އެއްގޮތަށް ޤުރުއާން ކިޔެވުމަށް މި ކައުންސިލްގެ އިޖުތިމާޢީ މަރުކަޒަށް ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.
22 ރަމަޟާން 1443
23 އޭޕްރިލް 2022