ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2022/88
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 17:04
ސުންގަޑި: 30 އޭޕްރިލް 2022 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީގެ އީމެއިލް އެޑްރެސްތަކަށް ބަދަލުގެނައުން

އިޢުލާން

 

މިނިސްޓްރީގެ އީމެއިލް އެޑްރެސްތަކަށް ބަދަލުގެނައުން

މިމިނިސްޓްރީން ފޯރުކޮށްދޭ ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތަކާގުޅިގެން އީމެއިލްމެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމަށްއެދޭ ފަރާތްތަކުން، 24 އޭޕްރިލް 2022 އިން ފެށިގެން އީމެއިލް ކުރައްވާނީ [email protected] އަށެވެ.

24 އޭޕްރިލް 2022 އިން ފެށިގެން މި މިނިސްޓްރީގެ ތިރީގައި ބަޔާންކުރެވިފައިވާ އީމެއިލް އެޑްރެސްތައް ބޭނުންކުރުން ހުއްޓާލުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވެ.

 

1-    [email protected]

2-    [email protected]

3-    [email protected]

4-    [email protected]

5-    [email protected]

ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޚިދުމަތަށް އެދި ހުށަހަޅާނީ މި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް business.egov.mv މެދުވެރިކޮށެވެ.

ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގައި މިނިސްޓްރީގެ ލައިވް ޗެޓް އަދި ކޯލްސެންޓަރ 1500 މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

21 އޭޕްރިލް 2022