ދިވެހިރާއްޖެ
އިޢުލާން
ދ.ބަނޑިދޫ އައުޓްޑޯރ ވޮލީކޯޓް ހެދުމަށް ބޭނުންވާތަކެތި ހޯދުން.
މިކައުންސިލްގެ 376/376/2022/18(IUL) އިއުލާނުގެ މައުލޫމާތު ޝީޓަށް ބަދަލުގެނެވިފައިވާތީ، އަލުން ކައުންސިލުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯރ ވޮލީކޯޓްގެ މަސައްކަތް ކުރުމަށްބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި މި ކައުންސިލަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
- ވޮލީ ކޯޓް ޓަރފް އަދި ޓަރފް ޖޮއިންޓްކުރުމަށް ބޭނުންވާ އެހެނިހެންތަކެތި
- ފައިން ސޭންޑް
- ރަބަރ ގްރެނުއެލްސް
- ލައިޓް ޕޯސްޓް އަދި ލައިޓް
- އައުޓް ޑޯރ ޕޯސްޓް އަދި ވޮލީ ނެޓް
- ސޭފްޓީ ޕެޑްސް (ރެފްރީސް ސްޓޭންޑް އަދި ވޮލީނެޓް ޕޯސްޓްގައި ހަރުކުރާ)
- އައުޓް ޑޯރ ޕްލޭޔަރސް ބެންޗް އަދި ރެފްރީ ސްޓޭންޑް
މަތީގައި ދެންނެވިފައިވާ ތަކެތީގެ އިތުރު ތަފްސީލް ޑްރޯވިންސް ތަކާއި މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ އެހެނިހެން ޑޮކިއުމަންޓްސްތަކުގައި ހިމެނިފައިވާނެއެވެ.
މި ތަކެތި ސަޕްލައިކޮށްދިނުމަށް އެދި ނުވަތަ ބިޑް ހުށަހެޅުއްވޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ސަތޭކަ ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައިވެސް ދަންނަވަމެވެ.
މިތަކެތި ސްޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މި ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމަށް ހުޅުވާލަމެވެ. މި މުއްދަތުގައި ބިޑްގައި ރަޖިސްޓަރވުމަށްއެދި މި ކައުންސިލަށް ހުށަޅުއްވާފައިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ.
ހުށަހަޅާ ބިޑްތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ބިޑް ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި 12 މެއި 2022 ބުރާސްފަތި ދުވަހު 11:00 ގައެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9650005/7992129 އަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުޅާން ކުރީމެވެ.
21 އޭޕްރީލް 2022