ޢާންމު މަޢުލޫމާތު
ނަންބަރު: 480/IUL/2022/21
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 27 އޭޕްރިލް 2022 12:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
މަޤުބޫލު ޙާލަތެއް މެދުވެރިގެން 2022 ވަނަ އަހަރުގެ ބާ އިމްތިޙާނަށް ރަޖިސްޓަރ ކުރެވިފައިނުވާ ފަރާތްތަކުން އިމްތިޙާނުގައި ބައިވެރިވުމަށް ދެވޭ ފަހު ފުރުސަތު

25 ޖޫން 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިޙާނުގައި ރަޖިސްޓަރވުމަށް ހުޅުވާލެވުނު ފުރުޞަތުގައި މަޤުބޫލު ސަބަބެއް އޮވެގެން ރަޖިސްޓަރ ކުރެވިފައިނުވާ ފަރާތްތަކުން އިމްތިޙާނުގައި ރަޖިސްޓަރވުމަށް ފަހު ފުރުޞަތެއް ދިނުމަށް މި ކައުންސިލުން ނިންމާފައިވާތީ، އެއްވެސް މަޤުބޫލު ޙާލަތެއް މެދުވެރިގެން މި އިމްތިޙާނަށް ރަޖިސްޓަރ ކުރެވިފައިނުވާ ފަރާތްތަކުން، 27 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް އިމްތިޙާނުގައި ރަޖިސްޓަރކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

ބާ އިމްތިޙާނުގައި ރަޖިސްޓަރީވުން:

ބާ އިމްތިޙާނުގައި ރަޖިސްޓަރީވީކަމަށް ބަލާނީ އަންނަނިވި ކަންކަން ފުރިހަމަވެ، ކެންޑިޑޭޓު ނަންބަރު އިމްތިޙާނުގައި ބައިވެރިވާ ފަރާތަށް ލިބުމުންނެވެ.

ރަޖިސްޓަރީވުމަށްޓަކައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. 1.      ލިންކު މެދުވެރިކޮށް ބާ އިމްތިޙާނުގައި ބައިވެރިވުމަށް އެދި ހުށަހެޅުން

އިމްތިޙާނުގެ ރަޖިސްޓްރޭޝަނަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅާފައިވުން. އެގޮތުން، ލިންކު މެދުވެރިކޮށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަކީ:

(ހ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް އެއްގަނޑަކަށް އަރާގޮތަށް ނަގާފައިވާ ސްކޭން ކޮޕީ

(ށ) ޕާސްޕޯޓު ސައިޒުގެ ފޮޓޯ

(ނ) ޤާނޫނީ ރޮނގުން ފުރިހަމަ ކޮށްފައިވާ ފުރަތަމަ ޑިގްރީގެ ސެޓްފިކެޓްގެ ކޮޕީ (އެކްރެޑިޓެޑް ސެޓްފިކެޓްގެ ކޮޕީ) ނުވަތަ ކޯސް ފުރިހަމަ ކޮށްފައިވާކަން އެނގޭގޮތަށް އެ ކޯހެއް ފުރިހަމަކުރި މަރުކަޒަކުން ދޫކޮށްފައިވާ ސްޓޭމްޕް ޖެހި ލިޔުން

(ރ) ޑިގްރީ ކޯހުގެ ފުލް ޓްރާންސްކްރިޕްޓް (ޑައުންލޯޑް ކުރާ ޓްރާންސްކްރިޕްޓެއްނަމަ މަރުކަޒުގެ ސްޓޭމްޕް އޮންނަންވާނެ) 

  1. 2.      ބާ އިމްތިޙާނުގެ ފީ ދެއްކުން

(ހ) ބާ އިމްތިޙާނުގެ ފީ ދައްކަންޖެހޭނީ އެޕްލިކޭޝަން ހުށަހެޅުމަށްފަހު ރެޖިސްޓްރޭޝަނަށް ބޭނުންވާ ކަންކަން ފުރިހަމަވީކަން ކެންޑިޑޭޓަށް ބާ ކައުންސިލުން އަންގައި، ފީ ދައްކަންވީ ގޮތުގެ އިރުޝާދުތައް ލިބުމުންނެވެ.   

ރެޖިސްޓްރޭޝަން ލިންކް:https://forms.gle/Q1mnAVr33VyPGFsa9

ރެޖިސްޓްރޭޝަން ޑެޑްލައިން:  27 އޭޕްރީލް 2022 ގެ މެންދުރު 12:00 އަށް

 

ޚާއްސަ ސަމާލުކަމަށް!

2020 ވަނަ އަހަރު ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކުރިއަށް ގެންދިޔަ ސްޕެޝަލް ލައިސަންސިންގ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެ ޤާނޫނީ ވަކީލުކަމުގެ ވަގުތީ ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކުން 25 ޖޫން 2022 ވަނަ ދުވަހު ބާއްވާ ބާ އިމްތިޙާނުގައި ބައިވެރިނުވާނަމަ، އެފަރާތްތަކަށް ދޫކުރެވިފައިވާ ހުއްދަ، ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނެވުނު 1 ވަނަ އިޞްލާޙުގެ ދަށުން ވަގުތީ ގޮތުން ހިފެހެއްޓޭނެކަން، މި ޕްރޮގްރާމުގައި ބައިވެރިވެގެން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯއްދަވާފައިވާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ އެންމެހާ ފަރާތްތަކުން 25 ޖޫން 2022ގައި ބާއްވާ ބާ އިމްތިޙާނުގައި ބައިވެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު: ބާ އިމްތިޙާނާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] އަށް އީ-މެއިލްކުރެއްވުމަށް ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

21 އޭޕްރިލް 2022