ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AB/426/2022/177
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:42
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން A,B,C ކެޓަގަރީގެ ބާކީހުރި 28 ފްލެޓަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް ޢާންމުކުރުން

އިޢުލާން

ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން A,B,C ކެޓަގަރީގެ ބާކީހުރި 28 ފްލެޓަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް ޢާންމުކުރުން

  ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، A,B,C ކެޓަގަރީގެ ބާކީހުރި 28 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 768 ފަރާތުގެ ތެރެއިން، ޝަރުތުހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް މި އިޢުލާނާއެކުގައި ޢާންމުކުރެވިފައިއެވަނީއެވެ. މިލިސްޓް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި މިލިސްޓް މިއިދާރާގެ ވެބްސައިޓް www.adducity.gov.mv ގައި ޝާއިޢުކުރެވި، އަވަށުއޮފީސްތަކާއި މިއިދާރާގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައިވާނެއެވެ.

ފްލެޓް ދޫކުރުމަށްޓަކައި އަމަލުކުރަމުންދާނީ ޢާންމުކުރެވިފައިވާ އުސޫލާއި އެއްގޮތަށް ކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

20 ރަމަޟާން  1443

21 އެޕްރީލް 2022

21 އޭޕްރިލް 2022