ބީލަން
ނަންބަރު: (IUL)393/393/2022/34
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 10 މޭ 2022 11:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިނބިދޫ ކައުންސިލްގެ އައު އޮފީސް ޢިމާރާތް ކުރުމަށް އަންދާސީ ހިސާބު ބޭނުންވެއްޖެ

ކިނބިދޫ ކައުންސިލްގެ އައު އޮފީސް ޢިމާރާތް ކުރުމަށް އަންދާސީ ހިސާބު ބޭނުންވެއްޖެ

          ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އައު އޮފީސް އިމާރާތް ޤާއިމްކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްހީރަސްކުރެވިފައި ވާނެއެވެ.

         އެހެންކަމުން، މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 28 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު ކައުންސިލުގެ އިދާރާގެ އީމެއިލް [email protected]  އަށް، އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ރަޖިސްޓްރީ ކުރެއްވުމަށް ކަނޑައަޅާފައިވާ ސުންގަނޑިއަށް ރަޖިސްޓްރީ ނުކުރެވޭ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު، 10 މޭ 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދެމެވެ. އަދި މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 28 އޭޕްރިލް 2022 ވާ އަންގާރަ ދުވަހު މެންދުރު 13:00ގެ ކުރިން ކައުންސިލުގެ އިދާރާގެ އީމެއިލް [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.

21 އޭޕްރިލް 2022