މަސައްކަތް
ނަންބަރު: (IUL)13-K/13/2014/289
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:45
ސުންގަޑި: 18 ސެޕްޓެންބަރު 2014 14:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކައްކައި ކާންދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

ޕްރޮޖެކްޓް ނަންބަރު:TEB/2014/129

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތުު

1. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭނުމަށް، ށ.ފުނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ މުވައްޒަފުންނާއި ކުށުގެ ތުހުމަތުގައި ގެނެވޭ މީހުންނަށް ކައްކައި ކާންދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައި ނުވަތަ ށ. ފުނަދޫ ޕޮލިސް ސްޓޭޝަންގައި 18 ސެޕްޓެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 14:30 ކުރިން ނަން ނޯޓް ކުރެއްވުން އެދެމެވެ.

3. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 21 ސެޕްޓެންބަރު 2014ވާ އާދީއްތަ ދުވަހުގެ 10:00ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައާއި އަދ ށ. ފުނަދޫ ޕޮލިސް ސްޓޭޝަންގައެވެ. ބިޑް ހުޅުވުން އޮންނާނީ 28 ސެޕްޓެންބަރު 2014ވާ އާދީއްތަ ދުވަހުގެ 13:00ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައާއި އަދި ށ. ފުނަދޫ ޕޮލިސް ސްޓޭޝަންގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅަންވާނީ އެފަރާތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރި މަރުކަޒަކަށެވެ.

4. މި ޕްރޮޖެކްޓްގެ ބީލަންފޮތް މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.  

5. މިޕްރޮޖެކްޓް ކާމިޔާބުކުރާ ފަރާތުން ކައްކައި ކާންދިނުމުގެ ކަންތައްތައް އިންތިޒާމުކުރަންޖެހޭނީ ށ. ފުނަދޫގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

6. ކައްކައި ކާންދިނުމުގެ އެއްވެސް ޕްރޮޖެކްޓެއްގައި އެއްވެސް ސަބަބަކާހުރެ އެގްރީމަންޓް ބާޠިލު ކުރެވިއްޖެނަމަ، އެ އެގްރީމަންޓް ބާޠިލުކުރެވުނު ތާރީޚުން ފެށިގެން 1އަހަރު ދުވަސް ވަންދެން އެކްސްޕީރިއެންސްގެ ބަޔަށް މާކްހެއް ނުދެވޭނެއެވެ.

7. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް މާކްސް ދެވޭގޮތް:

  • މާލީ ތަނަވަސްކަން (ދެވޭ ޖުމްލަ މާކްސް 30، ފާސްވާ މާކްސް 15)
  • ތަޖުރިބާ (ދެވޭ މާކްސް 20، ފާސްވާ މާކްސް 10)
  • ޓެކްނިކަލް (ދެވޭ މާކްސް 5)
  • މެނޫތަކަށް ހުށަހަޅާ އަގު (ދެވޭ މާކްސް 45)

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްކަށް މާކްސް ދެވޭ ގޮތުގެ އިތުރު ތަފުސީލު މިމިނިސްޓްރީގެ ޢާންމު އިޢުލާން ނަންބަރު IUL)13-K/13/2013/227)ފ(24 އޮކްޓޫބަރު 2013) ގައި ވާނެއެވެ.

11 ސެޕްޓެންބަރު 2014