ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2022/28
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 22:33
ސުންގަޑި: 26 އޭޕްރިލް 2022 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ތުލުސްދޫގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑު އުޅަނދުގެ ދަފްތަރު އެކުލަބާލުމާއި ބެހޭ

 

ިޢުލާން

 

 

 

ކ. ތުލުސްދޫގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑު އުޅަނދުގެ ދަފްތަރު އެކުލަބާލުމާއި ބެހޭ

 

 

 

ޤާނޫނު ނަންބަރު 7/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 8 ވަން އިސްލާޙާ ގުޅިގެން ކައުންސިލްތަކަށް ބަދަލުކުރަންޖެހޭ ފީތައް ބަދަލުކުމުގެ މަސައްކަތުގެ ތެރއިން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ އަހަރީފީ، އެއުޅަނދެއް ރަޖިސްޓަރީކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާތީ، ރަށްރަށުގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑު އުޅަނދު ފަހަރުގެ ދަފްތަރެއް އެމިނިސްޓްރީއަށް ބޭނުންވެއެވެ.

 

 ވީމާ، މިރަށުގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑު އުޅަނދު ފަހަރުގެ ދަފްތަރެއް އެކުލަވާލުމަށްޓަކައި ހުރިހާ ރައްޔިތުންގެ  އެއްބާރުލެއްވުން މިކައުންސިލަށް ބޭނުންވެއެވެ. އެހެންކަމުން އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ މިރަށުގައި ދުއްވާ  އުޅަނދެއްވާނަމަ 2022 އޭޕްރީލް 26 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް މިކައުންސިލަށް ދެއްވުމަށް ދަންނަވަމެވެ.

 

ގޫގުލް ފޯމް ލިންކް: https://docs.google.com/forms/d/e/1FAIpQLSfUatO0pgBwqu4zTmo5C1kXvaLFTPOYiWqgDpmiqLn-6nRKTg/viewform?vc=0&c=0&w=1&flr=0

 

           މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

 

19 ރަމަޟާން 1443

 

 

 

20 އޭޕްރިލް 2022