ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B5/1/2022/129
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 20:55
ސުންގަޑި: 24 އޭޕްރިލް 2022 13:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތީގެ ރަޖިސްޓަރީ ބާޠިލުކުރުން

ހ.ވައިލެޓްފެހި އެވެ، ކިޔާ ގޯތީގެ ރަޖިސްޓަރީ ބާޠިލް ކުރުމާބެހޭ

ހ.ވައިލެޓްފެހި އެވެ، ކިޔާ ގޯތީގެ ވެރިފަރާތް ކަމުގައިވާ އިބްރާހީމްމަނިކުގެ ތަރިކައިގެ މައްސަލަ ފެމިލީ ކޯޓުގެ ނަންބަރު 2758/Fm-C/2019 ޤަޟިއްޔާގައި ނިންމަވާފައިވާގޮތަށް ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ބަދަލުކުރުމަށް އެދި މި އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

ވީމާ، ހ.ވައިލެޓްފެހި އެވެ، ކިޔާ ގޯއްޗަށް ހަދައިދީފައިވާ ނަންބަރު ބ.18635 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ އަޞްލު މި އިދާރާއަށް ހުށަހެޅުމަށް އަންގައި، ދީފައިވާ މުއްދަތު ހަމަވެފައިވާތީ، މި ރަޖިސްޓަރީ ބާޠިލްކޮށް، ފެމިލީ ކޯޓުން ނިންމަވާފައިވާ ޤަޟިއްޔާގައި ވާގޮތަށް ހ.ވައިލެޓްފެހި ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ އަށް ގެންނަންޖެހޭ ބަދަލު ގެނެވޭނެކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.

20 އޭޕްރިލް 2022