މަސައްކަތް
ނަންބަރު: (IUL)405-A/2022/24
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 27 އޭޕްރިލް 2022 11:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކަށް ދޮންވެލި އަދި ހަރުކޮއްފައިވާ ތަކެތީގެ ބުޑިއަށް ކޮންކުރިޓް އަޅައި ދޭނެ ފަރާތެއް ހޯދުން

ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު

ކުޑަކުދިންގެ ޕާކަށް ދޮންވެލި އަދި ހަރުކޮއްފައިވާ ތަކެތީގެ ބުޑިއަށް ކޮންކުރިޓް އަޅައި ދޭނެ ފަރާތެއް ހޯދުން

 

ކުޑަކުދިންގެ ޕާކަށް ދޮންވެލި އަދި ހަރުކޮއްފައިވާ ތަކެތީގެ ބުޑިއަށް ކޮންކުރިޓް އަޅައި ދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލްގެ ނަމްބަރ (IUL)405-A/2022/21 އިޢުލާންގައި ހިމެނިފައިވާ މައުލޫމާތު އިސްލާހުކުރުމަށް އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އާންމުކުރީމެވެ.

ކުޑަކުދިންގެ ޕާކަށް ދޮންވެލި އަދި ހަރުކޮއްފައިވާ ތަކެތީގެ ބުޑިއަށް ކޮންކުރިޓް އަޅައި ދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. މި މަސައްކަތް ކުރުމަށް ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 މިމަސައްކަތަށް ކޯޓޭޝަން ހުށައަޅަން އެދޭ ފަރާތްތަކުން، 27 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 11:00އަށް މި ކައުންސިލަށް ހާޒިރުވެ މަސައްކަތުގެ ކޯޓޭޝަން ހުށައަޅައި ދެއްވުން އެދެމެވެ.

 

 ކޯޓޭޝަނާއި ގުޅޭ މައުލޫމާތު

 

  1. ކޯޓޭޝަން ހުށައަޅާ ފަރާތްތަކުގެ އަދަދު 3ފަރާތަށް ވުރެ މަދު ނަމަ އަލުން ކޯޓޭޝަން ހޯދުމަށް އިޢުލާން ކުރެވޭނެއެވެ.
  2. މި މަސައްކަތަށް ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
  3. ކޯޓޭޝަން ހުށައެޅޭނީ މުއްދަތު ހަމަނުވާ ވިޔަފާރި ރަޖިސްޓްރީ ތަކަށެވެ.
  4. ކޮންމެ ވިޔަފާރިއަކަށް ހުށައެޅޭނީ 1 ކޯޓޭޝަނެވެ.
  5. ޕާކްގައި ބަހައްޓާފައިވާ ކުޅޭ ސާމާނުގެ ތެރެއިން 8 އެތީގެ ކޮންކުރިޓް ބުޑު އެޅުން،( ކޮންކްރިޓް ބުޑު އަޅާނީ ކޮންމެ އެއްޗެއްގެ ވަށައިގެން 1 ފޫޓު ފުޅާމިނުގައި އަދި މިހާރުހުރި ބިމުގެލެވެލްގެ 6 އިންޗިން ފުންމިނުގައެވެ، ބުޑު އަޅަންޖެހޭ ކުޅޭ ސާމާނުތަށް ކޯޓޭޝަން ހުށައަޅަން ބޭނުންވާ ފަރާތްތަކަށް މި ކައުންސިލަށް އެންގުމުން ނުވަތަ ތިރީގައިވާ ނަމްބަރތަކަށް ގުޅައިގެން ކޯޓޭޝަން ހުށައެޅުމުގެ ކުރިން މައުލޫމާތު ދެވޭނެއެވެ. 9637159،9527638،7869966،9889980
  6. ކޮންކުރިޓް އެޅުމަށް ބޭނުން ކުރާނީ 1 ސިމެންތި 2ވެލި 2ގާ މި ރޭސިއޯއިންނެވެ.
  7. ޕާކުގެ އެތެރެއަށް ބިމުންފެށިގެން 8 އިންޗިން އުސްމިނުގައި ދޮންވެލިއަޅައި އެއްވަރުކުރުން (ދޮންވެލި އެޅުމުގެ ކުރިން ޕާކްގެ އެތެރޭގައި ހުރި ގައުތަށް ކަހައި ޕާކުން ބޭރުކުރުން، ކައުންސިލުން ދައްކާށްތަނަކަށް އެއްކުރުން)
  8. މަސައްކަތް ކުރަންވާނީ އަމިއްލަ ތަކެތީގައެވެ.
  9. މަސައްކަތުގެ މުއްދަތަކީ މަސައްކަތް ހަވާލުކުރާ ދުވަހުން ފެށިގެން 30ދުވަހެވެ.
  10. މަސައްކަތް ހަވާލުކުރެވޭނީ އެންމެ ކުޑައަގެއް ހުށައެޅި ފަރާތަކުންނެވެ. އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެންމެދަށް އަގު ހުށައަޅައިފި ނަމަ، މަސައްކަތް ކޮއްދިނުމަށް ކައުންސިލުން ހުށައަޅާފައިވާ މުއްދަތަށްވުރެ ކުރު މުއްދަތެއް ހުށައަޅާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.
  11. މި މަސައްކަތަށް ހޮވޭ ފަރާތަކުން މަސައްކަތް ފަށަންވާނީ މި ކައުންސިލާއިއެކު ވެވޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު އެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުއެވެ.
  12. މަސައްކަތަށް އުޖޫރަ ދެވޭނީ މަސައްކަތް ކޮށް ނިންމައި ބިލް ކައުންސިލަށް ހުށައެޅުމުން މަސައްކަތް ކޮއްފައިވާ ގޮތް ކައުންސިލުން ބެލުމަށްފަހުގައެވެ.

                             

 

 

19 ރަމަޟާން 1443

20 އޭޕްރިލް 2022

20 އޭޕްރިލް 2022